ކުއްލި ޚަބަރު

ގާޒާގައި ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ތެރެއިން ދެދުވަހުގެ ތެރޭގައި 120 ހަށިގަނޑު ނަގާފައިވޭ

އަލިފާނުގެ ހާދިސާގެ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ އަވަހަށް ފުލުހުންނާ ޙިއްސާކުރުމަށް އެދިއްޖެ

Big Pry1xikmfmtm62rilvsnfnffd

ތިން މިނިސްޓުރީއެއް އަދައި ހުލިވި އަލިފާނުގެ ހާާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ލަސްނޮކޮށް ފުލުހުންނާ ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އެދިއްޖެއެވެ.

ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. އެކަމާ ގުޅިގެން ފުލުހުން މިއަދު ވިދާޅުވީ، ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާ ނަމަ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅައި އަވަހަށް ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

407283 3 Ccddc3d710ffedede6de09f1ac3b5263052d38ab Medium

މި ހާދިސާއާ ގުޅިގެން މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާޢު ވަނީ މައްސަލައިގެ ތަހުގީގުގައި ބޭރުގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް ވީހާވެސް އަވަހަށް ބައިވެރިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.

ގުޅުންހުރި

Img 4435

އިންނަމާދޫގައި ބޯޓް ބިލްޑިން ތަމްރީންދޭ މަރުކަޒެއް ޤާއިމްކުރަނީ

Img 4242

ރަސްމާދޫގައި އަލަށް ޢިމާރާތްކުރާ ކައުންސިލް އިދާރާގެ މަސައްކަތް ފެށިއްޖެ

Afp 20240828 36ey2ph V1 Highres Palestinianisraelconflictwestbank 1724919833

ގާޒާގައި ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ތެރެއިން ދެދުވަހުގެ ތެރޭގައި 120 ހަށިގަނޑު ނަގާފައިވޭ

324900 3 3511e646f2f896d1a76d9cbd82ebc4bd09e4c267 Medium

ރޫހާނީ ފަރުވާ ރާއްޖެގައި އިޝްތިހާރު ކުރަމުންދިޔަ 3 ބިދޭސީން ހައްޔަރުކޮށްފި