ސްޓެލްކޯއިން ހދ. ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި މިއަދު ކުޅުދުއްފުށި ސިޓީ ގައި ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ.
ސްޓެލްކޯއިން ވަނީ މިކަމާ ގުޅިގެން އެކްސްގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.
މި ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރުއެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާއިޝަތު މުޒްނާއެވެ.


ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ އެމްޑީ، ޑރ. އަލީ އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ހިދުމަތްތައް އެކުންފުނީގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ ޔުޓިލިޓީ ހިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅުއްވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށެވެ.
އަދި އެކަމަށްޓަކައި ރައީސްއަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށްވެސް ޑރ. އަޒުވަރު ވަނީ ވިދާޅުވެފައެވެ.











ކިޔުންތެރިންގެ ހިޔާލު