ސައޫދީ އަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ 17 ވަނަ އިންޓަރނޭޝަނަލް އެނަރޖީ ފޯރަމް (އައި.އީ.އެފް 17) ގެ މިނިސްޓީރިއަލް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިޔަތު މުހައްމަދެވެ.
ދުނިޔޭގެ ހަކަތައާ ބެހޭ އިސް ވެރިން އެއްތަންވި މި ބައްދަލުވުމަކީ، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ބައިނަލްއަޤްވާމީ ބާޒާރުގެ ހަމަޖެހުމާއި، މި ދާއިރާއިން ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ފޯރަމެކެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުމުގެ ސަބަބުން، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ތަރައްގީކުރުމަށާއި ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި މަޝްވަރާކޮށް، ގުޅުން ބަދަހިކުރުމުގެ އަގުހުރި ފުރުސަތެއް ރާއްޖެއަށް ވަނީ ލިބިގެން ގޮސްފައިވާ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.