ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުގައި 14 މިސްކިތެއް އަލަށް ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު މީޑީިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ 14 މިސްކިތެއް ހުޅުވޭނެ ކަމަށާއި އޭގެތެރޭގައި ހުޅުމާލޭގައި އަލަށް ހުޅުވޭ ދާއިމީ 3 މިސްކިތް ހިމެނޭ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 45 މިސްކިތެއް މަރާމާތު ކުރުމާއި ބިނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިއަހަރުގެ ޖޫން މަހު އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އެ ވުޒާރާއިން ބުނީ އިސްލާމީ ދާއިރާތަކުން 79 މަޝްރޫޢު ކުރިއަށް ދާ ކަމަށާއި އޭގެތެރޭގައި 45 މިސްކިތުގެ މަސައްކަތުގެ އިތުރުން 12 އިސްލާމީ ސެންޓަރާއި 16 ޤުރުއާނާބެހޭ މަރުކަޒު އަދި 6 ވަޤްފް މަޝްރޫޢު ހިމެނޭ ކަމަށެވެ.












ކިޔުންތެރިންގެ ހިޔާލު