ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިއްކާ މުދަލުގައި އަގު ނުޖަހާނަމަ ފިޔަވަޅުއަޅާނެ އިންޒާރު!

Large thumb
TTH_Ads
Maldivian_Ads
STO_Ads
Advertisement

ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި، ކަސްޓަމަރުންނަށް ސާފުވާނޭހެން އަގު ޖަހާފައި ނުހުންނަ މައްސަލައިގެ ޝަކުވާ ލިބެމުންދާތީ، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދެއްވައިފިއެވެ.

އެ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، “މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު” ގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ވިއްކަން ބަހައްޓާ ކޮންމެ މުދަލެއްގެ އަގު ސާފުކޮށް އެނގެން ހުންނަންވާނެ ކަމަށެވެ. އަދި އަގު ސާފުވާން ނެތްނަމަ އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

މި ޤާނޫނުގެ ދަށުން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނީ އަންނަނިވި މިންގަނޑުތަކަށް ފެތޭނަމައެވެ:

HajjCop_ads
Advertisement

  • ވިއްކަން ހުރި މުދަލުގައި ސީދާ އަގު ލިޔެފައި، ޕްރިންޓްކޮށްފައި ނުވަތަ ލޭބަލް ހަރުކޮށްފައި ހުރުން.
  • މުދާ ބަހައްޓާފައިވާ ހަރުގަނޑުގައި ނުވަތަ ތަނުގައި އަގު ލިޔެ ނުވަތަ ހަރުކޮށްފައިވާއިރު، އެއީ ކޮން އެއްޗެއްގެ އަގެއްކަން ކަސްޓަމަރުންނަށް ސާފުކޮށް ވަކިކުރަން އެނގުން.

ވިޔަފާރިކުރާ އެންމެހައި ފަރާތްތަކުން ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، މުދަލުގެ އަގު ފަސޭހައިން ފެންނާނެހެން ބެހެއްޓުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން، މި އުޞޫލުތަކަށް ވިޔަފާރިތަކުން ތަބާވޭތޯ ބެލުމުގެ ގޮތުން، ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ފިހާރަތައް އިންސްޕެކްޓްކޮށް މޮނިޓަރ ކުރަމުން ގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ޤަވާޢިދާ ޚިލާފަށް އަގު ނުޖަހައި މުދާ ވިއްކާ ފަރާތްތަކާމެދު، ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރައްވައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

އަންނަ މަހުން ފެށިގެން 2 ދާއިރާއަކުން ވިޔަފާރިކުރެވޭނީ ހަމައެކަނި ދިވެހީންނަށް

Saeed

ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ދަނީ ދަށްވަމުން: ސަޢީދު

Large 158608345655sRiB

ދިވެހިންނަށް ޚާއްސަ ދާއިރާތަކުގައި ހަރަކާތްތެރިވި ބޭރުގެ 28 ކުންފުންޏެއް އުވާލައިފި

Minister Saeed

އިޤްތިޞާދު ނުރައްކަލަށް ހުށައެޅޭނެ ވާހަކަ ދައްކަނީ އިދިކޮޅުން ދައްކާނެ އިތުރު ވާހަކައެއް ނެތުމުން: ސަޢީދު