ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ދަރިވަރުންނަށް ރައީސް ކާމިޔާބަށް އެދިވަޑައިގެންފި

wathanee khidumah
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.

މިކަމާ ގުޅިގެން ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗަށް ކުރިމަތިލި 84 ދިވެހި ޒުވާނުން ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އަށް މިއަދު ފުރާފައިވާކަމަށެވެ.

މި ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް ރައީސް ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

HajjCop_ads
Advertisement

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވާ ދަރިވަރުންނަކީ، 2026 ސެޕްޓެމްބަރ 19 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ތިންވަނަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުސަތުގައި ފަންނީ ތަމްރީނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން މި ބެޗުގައި ފުރުސަތުދެވުނު ދަރިވަރުންނެވެ.

ބ.ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.

ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގއަކީ، ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދެވޭ ތަމްރީނު ޕްރޮގްރާމެކެވެ.މި ތަމްރީނުގެ ތެރެއިން ސެޓްފިކެޓް ލެވެލް 3 ގެ ހަ ކޯހެއް ކުރިއަށް ގެންދެވެއެވެ.

ދިވެހި ވަތަނީ ހިދުމަތަކީ، ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ، އިސްލާމް ދީނަށް ފަރުވާތެރި، ޒިންމާދާރު، ޖިސްމާނީ ގޮތުންނާއި، ރޫހާނީ ގޮތުން އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި، އަހުލާގު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފައްޓަވައިދެއްވާފައިވާ ވަރަށް ހާއްސަ ވަތަނީ މަޝްރޫއެކެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Capture(4)

އަންހެންކުދިން ބާރުވެރިކުރުވުމަކީ މުސްތަޤްބަލަކަށް ކުރެވޭ އިންވެސްޓްމަންޓެއް: ރައީސް

muiz

ސަރުކާރުގެ އަމާޒަަކީ މީހުންނަށް ވާސިލުވެވޭ، އަދުލުވެރި ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމެއް ބިނާކުން: ރައީސް

raees muiz

ރައީސްގެ މާލީ ބަޔާން ހިއްސާނުކުރާ ޚަބަރު ދޮގުކޮށްފި

366563 391979f6 8

ޤައުމު ބިނާކުރުމަށް މުދައްރިސުންނަށް ފުރިހަމަ އެއްބާރުލުން އަބަދުވެސް ސަރުކާރުން ދޭނެ: ރައީސް