ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ހުށަހެޅި ޕެޓިޝަން މަޖިލިސް ތަޅުމަށް ފޮނުވަން ނިންމައިފި

88887
STO_Ads
Maldivian_Ads
TTH_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކަނޑައަޅާފައިވާ ބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި ހުށަހެޅި އީ-ޕެޓިޝަނަށް ބަހުސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.

މި ޕެޓިޝަނުގައި 7225 މީހުން ސޮއިކޮށްފައިވާއިރު، މިއީ އެންމެ ގިނަ މީހުން ދެވަނައަށް ސޮއިކުރި އީ-ޕެޓިޝަނެވެ. އެހެންކަމުން މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދުގައިވާ ތްރެޝްހޯލްޑްގެ ޝަރުތުތައް ފުރިހަމަވެފައިވާ ކަމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އެކަމާ ގުޅިގެން އިއްޔެ ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެ ޕެޓިޝަނާ މެދު މަޝްވަރާކޮށް، މަޖިލިސް ތަޅުމުގައި ބަހުސް ކުރުމަށް ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އޮންނަ ގޮތުން މަޖިލީހުގެ ކޮންމެ މެންބަރަކާއި، މެންބަރުގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިންނަށް ރާއްޖެއާއި ސާކް އަދި އާސިއާން ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ މެޑިކަލް އިންޝުއަރެންސް ސްކީމެއް ހަމަޖައްސައިދޭން ޖެހެއެވެ. އަދި މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށްވެސް އެފަދަ އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

HajjCop_ads
Advertisement

މި ޕެޓިޝަން ހުށަހަޅާފައިވަނީ ސޯޝަލް މީޑީއާ އެކްޓިވިސްޓް މިދުއަމް ސައުދުއެވެ. އާންމު ރައްޔިތުންނަށް ނުލިބޭ ފެންވަރުގެ ބޮޑު ސިއްހީ އިންޝުއަރެންސެއް ރައްޔިތުންގެ ޓެކްސް ފައިސާއިން މެންބަރުންނަށް ދިނުމަކީ އެއްވެސް ސިޔާސީ ނިޒާމެއް ހަމަޖެހިފައިވާ ގޮތެއް ނޫން ކަމަށް އެ ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ. އަދި ދުނިޔޭގެ މުއްސަނދި ގައުމުތަކުގައިވެސް ކުރީގެ މެންބަރުންނަށް އުމުރުދުވަހުގެ ހެލްތު އިންޝުއަރެންސް ދޭ އުސޫލެއް ނެތް ކަމަށް ވެއެވެ.

ދައުލަތުން ދޭ އަސާސީ ސިއްހީ އިންޝުއަރެންސަކީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ އުސޫލަކުން ލިބެންޖެހޭ އެއްޗަކަށް ވާންޖެހޭނެ ކަމަށް ޕެޓިޝަނުގައި ވެއެވެ. އެހެންކަމުން ކުރީގެ އަދި މިހާރުގެ މަޖިލިސް މެންބަރުންނާއި އެ މެންބަރުންގެ އާއިލާތަކަށް ލިބޭ ހާއްސަ ސިއްހީ އިންޝުއަރެންސް އިނާޔަތްތައް ހުއްޓާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމުގެ ތެރެއިން ބޭސްފަރުވާ ލިބޭގޮތަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް ޕެޓިޝަނުގައި ގޮވާލާފައިވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ ކޮންވެންޝަންގައި ބައިވެރިވުމުގެ މައްސަލަ ހާރިޖީ ކޮމިޓީއަށް

MP Ali Fazaad

ޖިނާއީ ކުށްތަކުން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

majilis idaaraa

މަޖިލީހުގެ ޖަލްސާތައް ހޯމަ ދުވަހު ފަށަނީ

majililis

އެންމެ މެންބަރަކު ފިޔަވައި ހުރިހާ މެންބަރުންގެ މާލީ ބަޔާން އާންމުކޮށްފި