ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެމްއޭގެ މަޒުމޫނު ލިޔުމުގެ މުބާރާތަށް ހުށަހަޅަން ހުޅުވާލައިފި

MMA
Maldivian_Ads
STO_Ads
TTH_Ads
Advertisement

އެމްއެމްއޭ ފިންލިޓް ފެސްޓް 2026 ގެ މަޒުމޫނު ލިޔުމުގެ މުބާރާތަށް މަޒުމޫނު ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ.

އެމްއެމްއޭއިން މިއަދު ބުނި ގޮތުގައި، މިއީ މާލީ ގޮތުން ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ގްރޭޑް 8 އިން 10 ގެ ދަރިވަރުންނަށް ހާއްސަ ކެޓަގަރީއަކާއި، ގްރޭޑް 11 އިން 12 ގެ ދަރިވަރުންގެ ކެޓަގަރީއެވެ.
މި މުބާރާތަށް ހުށަހަޅަން ޖެހެނީ އިނގިރޭސި ބަހުން ލިޔެފައިވާ މަޒުމޫނެވެ. މަޒުމޫނު ލިޔުމަށް ފަސް ތީމެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި މާލީ ހޭލުންތެރިކަމާއި ފައިސާ ގެންގުޅުމުގައި ޒިންމާދާރުވުމާއި، މާލީ ބައިވެރިވުން އިތުރުވުމާ ގުޅިގެން ލިބޭ ތަނަވަސްކަމާއި، ޒުވާނުންނާއި މާލީ ކުރިމަގު ހިމެނެއެވެ. މީގެ އިތުރުން، ޓެކްނޮލޮޖީއާއި މާލީ ދާއިރާގެ ޑިޖިޓަލް މުސްތަގްބަލް އަދި އިންސާނިއްޔަތާއި މުޖުތަމައުގެ ލާބަޔާއި މަންފާއަށް އިސްކަންދޭ މާލީ ނިޒާމުގެ މައްޗަށް ވެސް މަޒުމޫނު ލިޔެވޭނެއެވެ. ކޮންމެ ދަރިވަރަކަށް ވެސް ހުށަހެޅޭނީ 700 ބަހާއި 1200 ބަހާ ދެމެދުގެ ދިގުމިނުގެ އެއް މަޒުމޫނެވެ.

މުބާރާތުން އެއްވަނައަށް ހޮވޭ ދަރިވަރަކަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނައަށް 2،000 ރުފިޔާ ލިބޭއިރު، ތިންވަނައަށް ހޮވޭ ފަރާތަކަށް 1،000 ރުފިޔާ ލިބޭނެއެވެ. މަޒުމޫނު ހުށަހަޅަން ޖެހޭ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ އެއްވަނަ ދުވަހުގެރޭ 11:59 އެވެ. އެމްއެމްއޭއިން ބުނި ގޮތުގައި، މަޒުމޫނުތައް ހުށަހަޅަން ޖެހޭނީ [email protected] އަށް އީމެއިލް ކޮށްގެންނެވެ.

HajjCop_ads
Advertisement

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

އެމްއެމްއޭ ފިންލިޓް ފެސްޓިވަލް އާޓް މުބާރާތައް ހުޅުވާލައިފި

finance ministry

ދައުލަތަށް ލިބުނު އާމްދަނީ %5.1 އިތުރުވެއްޖެ

mira

ޓެކްސް އާމްދަނީ 23.3 ބިލިއަނަށް އަރައިފި

MMA

ބޭރުފައިސާއާއި ބެހޭ އައު ޤާނޫނާއެކު އާމްދަނީ 40 އިންސައްތައަށް އަންނަ މަހު މާރުކުރަން ޖެހޭނެ