ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރެފިކް ހައްލުކުރަން ފުލުހުންނާއި މޮބިލިޓީ އޮފީހުން މަޝްވަރާކޮށްފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޔޫސުފް މާނިއުއާ ބައްދަލުކުރައްވައި، މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރު ގިނަވެ، ތޮއްޖެހުމުގެ ސަބަބުން ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމުގެ މައްޗަށެވެ.

މީގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ މެދުވެރިކޮށް، އެކަންކަން ތަންފީޒުކުރުމަށް ފުޅާ ދާއިރާއެއްގައި ވަނީ ވާހަކަދެކެވިފައެވެ.

HajjCop_ads
Advertisement

ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން އަލަށް އުފައްދަވާފައިވާ އިދާރާއެކެވެ.

މި އިދާރާގެ މަޤްޞަދަކީ ކަމާގުޅޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ރައްޔިތުންނަށް ދިމާވާ ދަތުރުފަތުރުގެ ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ.

ފުލުހުންގެ މުއައްސަސާއިން ވަނީ މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށް އާންމުން ހޭލުންތެރިކުރުމާއި، ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އެ އޮފީހަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައި މަގުމަތީގެ ނިޒާމު އިތުރަށް ހަރުދަނާވެ، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށް ފަސޭހަ މާޙައުލެއް ޤާއިމުވެގެންދާނެކަމަށް ދެ ފަރާތުންވެސް އުންމީދުކުރައްވައެވެ.

ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން، މި ދެ މުއައްސަސާ ގުޅިގެން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެކުގައި މަސައްކަތްކުރުމަކީ މުހިންމު ފިޔަވަޅެއްކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނުރައްކާތެރިކޮށް ދުއްވި މީހަކު ހައްޔަރުކޮށް ވަނަވަރު އާންމުކޮށްފި

ހުޅުމާލެ ޕޮލިސް ކޮމާންޑުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ދެމީހުން ހައްޔަރުކޮށްފި