ރަސްމާލެ މަޝްރޫއު ހުއްޓުވަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފާނެތީ ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ރަސްމާލެ ތަރައްގީކުރަން ދުބާއީގެ އީގަލް ހިލްސްއަށް ދިން މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އައިބީ ވިދާޅުވީ ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
އޭނާ ވިދާޅުވީ 99 އަހަރަށް ރަށްތައް ކުއްޔަށްދޭން ފުރަތަމަ ނިންމީ ކުރީގެ ސަރުކާރެއްގައި ކަމަށާއި އެއީ ރަނގަޅު ނިންމުމެއް ކަމަށެވެ.

“99 އަހަރަށް އަޅުގަނޑުމެން މިދެނީ ރާއްޖޭގައި ހުއްދަކުރާ ވިޔަފާރިތައް ކުރުމަށް،” އައިބީ ވިދާޅުވިއެވެ.
އެ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާފައިނުވާފަދަ ތަރައްގީގެ ބިޔަ މަޝްރޫއެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މާލެ އާއި ކައިރީގައި ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސްއަކީ ވެސް ވަރަށް ރަނގަޅު ކޮންސެޕްޓަކަށް ތަރައްގީކޮށްފައިވާ މަޝްރޫއެއް ކަމަށާއި ކުރީގެ ސަރުކާރަކުން ހިންގި އެ މަޝްރޫއާ ޕީއެންސީން ދެކޮޅު ނޫން ކަމަށް ވިދާޅުވިއެެވެ.










ކިޔުންތެރިންގެ ހިޔާލު