ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެވެށި އަނިޔާ ހުއްޓުވުމާއި، އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމު ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ގެވެށި އަނިޔާ ހުއްޓުވުމާއި އެފަދަ މައްސަލަތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ފުލުހުންނަށް ހާއްސަކޮށްގެން ބޭއްވި ޓްރެއިނިންގ އޮފް ޓްރޭއިނާސް އޮން ޑޮމެސްޓިކް ވައިލެންސް ޕްރިވެންޝަން އެންޑް ރެސްޕޮންސް -“ޓީއޯޓީ” ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގުޅިގެން، މި ސެޕްޓެމްބަރު މަހުގެ 20 އިން 24 އަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރާ ފުލުހުން ހިމެނޭހެން ޖުމުލަ 30 ފުލުހުން ބައިވެރިވި މި ޕްރޮގްރާމުގައި، ގެވެށި އަނިޔާއާ ގުޅޭ މުހިންމު ދާއިރާތަކަށް އަލިއަޅުވާލައި 10 ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ތަމްރީނު ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަގުސަދަކީ ގެވެށި އަނިޔާ ހުއްޓުވުމަށާއި، އެފަދަ މައްސަލަތައް ރިޕޯޓުކުރުމުން ފުލުހުން އަމަލުކުރަންޖެހޭ ގޮތްތަކާ ގުޅޭގޮތުން ބޭނުންވާ އިލްމާއި ހުނަރު އިތުރުކުރުމެވެ. މީގެ އިތުރުން، ފުލުހުންގެ މުއައްސަސާގެ ތެރޭގައި އެހެން ފުލުހުންނަށް މިފަދަ ތަމްރީނުތައް ދެވޭނެ ފެންވަރުގެ ގާބިލު މުދައްރިބުން (ޓްރެއިނަރުން) އުފެއްދުމާއި، މި ދާއިރާއިން ފުލުހުން ދޭ ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަކީ ވެސް މި ޕްރޮގްރާމުގެ މުހިންމު އަމާޒެކެވެ.

HajjCop_ads
Advertisement

މި ޕްރޮގްރާމް ނިންމައިލާފައިވަނީ ބައިވެރިންނަށް އުނގަންނައިދެވުނު މައުލޫމާތާއި، މުދައްރިބެއްގެ ކިބައިގައި ހުންނަންޖެހޭ ކިޔަވައިދިނުމުގެ ހުނަރުތައް ހުރި މިންވަރު ދެނެގަތުމަށްޓަކައި ހާއްސަ އިމްތިހާނެއް ހެދުމަށްފަހުގައެވެ. މިގޮތުން ބައިވެރިންގެ ފެންވަރު ވަޒަންކުރުމަށް އެމް.ސީ.ކިއު އިމްތިހާނެއް ބޭއްވުމުގެ އިތުރުން، ބައިވެރިން އަމަލީގޮތުން ކިޔަވައިދިނުމުގެ ހުނަރު ދައްކުވައިދޭ ޕްރެޒެންޓޭޝަންތަކެއް ވެސް ވަނީ ހުށަހަޅާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Nimaal

ހައިވޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި އެންމެން ޑްރަގަށް ޕޮޒިޓިވްވެއްޖެ

B 0RhA4o2amoyZSAf3DtVFfWcHY

މާލޭގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހާ ފުލުހުން ހައްޔަރުކޮށްފި، އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ!

police

ވަގަށް ނަގާފައިވާ ސައިކަލެއްގައި އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ދުއްވި ބިދޭސީ ދެ މީހަކު މާލެއިން ހައްޔަރުކޮށްފި

Hulhumale

ވީޑިއޯއިން ފެންނަނީ ހުޅުމާލޭގައި ކުޅޭކުޅޭ ބަޑިތަކެއް ގެންގުޅޭ މަންޒަރު: ފުލުހުން