ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިނގުރައިދޫ ކައުންސިލު އިމާރާތުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެ

Maldivian_Ads
TTH_Ads
STO_Ads
Advertisement

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ސަރުކާރުން އިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ ތެރޭގައި ހިމެނޭ ރ. އިނގުރައިދޫ ކައުންސިލު އިދާރާގެ އައު އިމާރާތުގެ 65 އިންސައްތަ މަސައްކަތް މިހާރު ނިމިއްޖެއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު އިނގުރައިދޫގައި ކުރިއަށްދަނީ އެ އިމާރާތުގެ ދެ ފަންގިފިލާގެ ޕާޓިޝަން ޖެހުމުގެ މަސައްކަތްތަކާއި، ވަށާފާރުގައި ސިމެންތި ޖެހުމުގެ މަސައްކަތްތަކެވެ. މި މަޝްރޫއު ނިމިގެންދާއިރު، ރަށުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

މި މަޝްރޫއަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

HajjCop_ads
Advertisement

މި މަޝްރޫއުގެ ދަށުން އަލަށް އިމާރާތްކުރެވޭ ކައުންސިލް އިދާރާތައް ފަރުމާކޮށްފައިވަނީ ޒަމާނީ ފެންވަރަށެވެ. އެގޮތުން، މި އިމާރާތްތަކުގެ މަސައްކަތް ނިންމައި ކައުންސިލްތަކާ ހަވާލުކުރާނީ އޮފީހަށް ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތައް ހިމެނޭހެން ‘ފުލީ-ފާނިޝްޑް’ ތަންތަނުގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލް އިދާރާތައް ތަރައްގީކުރުމަށް ސަރުކާރުން ވަނީ ބޮޑު އިސްކަމެއް ދެއްވާފައެވެ. އެގޮތުން، ރާއްޖޭގެ 105 ރަށެއްގައި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މީގެ ތެރޭގައި ހިމެނެނީ އާރްސީސީއާ ހަވާލުކޮށްގެން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ 55 ކައުންސިލް އިދާރާގެ މަސައްކަތުގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލް އިދާރާގެ މަސައްކަތެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

Uy

މަސްތުވާތަކެއްޗާއެކު އިނގުރައިދޫން 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި