ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒިދާންގެ ކޯޗުކަމުގެ ދަށުން ފްރާންސްގެ ފުރަތަމަ ފަރިތަކުރުން ބާއްވައިފި

41 2026 639256265497576595
TTH_Ads
Maldivian_Ads
STO_Ads
Advertisement

ފްރާންސްގެ ޤައުމީ ފުޓްބޯޅަ ޓީމުން، އައު ކޯޗު ޒިނިދުން ޒިދާންގެ ކޯޗުކަމުގެ ދަށުން ފުރަތަމަ ފަރިތަކުރުން ބާއްވައިފިއެވެ.

ފްރާންސްގެ ތަޖްރިބާކާރު ކުޅުންތެރިޔާ ކޯޗުކަން ކޮށްދިނުމަށް ފަށާފައި މިވަނީ ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިވިތާ 5 އަހަރު ފަހުންނެވެ. ފްރާންގެ ކޯޗުކަމާ ޒިދާން ހަވާލުމިވީ ކުރިން 14 އަހަރު ކޯޗުކަމުގައި ހުރި ޑިޑިއަރ ޑެޝޯމްޕް މަޤާމުން އިސްތިއުފާ ދިނުމުންނެވެ. އޭނަގެ ކޯޗުކަމުގައި އެންމެ ފަހުން ކުޅުނީ ނިމުނު ފީފާ ވޯލްޑު ކަޕްއެވެ. ވޯލްޑުކަޕް ފްާންސުން ނިންމާލީ 4 ވަނައާއެކުއެވެ.

ޒިދާންގެ ބެލުމުގެ ދަށުން އެކުލަވާލި 23 ކުޅުންތެރިންގެ ފުރަތަމަ ސްކޮޑުގައި އާންމުކޮށް ފާހަގަ ކޮށްލެވޭ ގިނަ ކުޅުންތެރިން ހިމެނިފައި ވީނަމަވެސް ދުވަސްވީ ތަޖްރިބާކާރު ބައެއް ކުޅުންތެރިންނަށް ފުރުސަތު ގެއްލިފައިވެސްވެއެވެ. އެގޮތުން އެންގޯލޯ ކާންޓޭ ޓީމަށް ނަގާފައިނުވެއެވެ. ނިމިގެންދިޔަ ވޯލްޑް ކަޕަށް ކާންޓޭ ނަގާފައިވީ ނަމަވެސް އެމުބާރާތުގައި އެންމެ މެޗެއްގައިވެސް އޭނާ ކުޅެން އަރުވާފައެއް ނުވެއެވެ.

HajjCop_ads
Advertisement

ޒިދާން ބުނީ އޭނަގް ކޯޗުކަމުގެ ދަށުން ޒުވާން ކުޅުންތެރިންނަށް އިސްކަންދޭނެކަމަށެވެ. ޓީމު ބޮޑަށް ބިނާކުރާނީ ޒުވާން ކުޅުންތެރިންގެ މައްޗަށްކަމަށްވެސް ބުންޏެވެ. ކާންޓޭ އާއި ގުޅޭގޮތުން ސުވާލުކުރުމުން ޒިދާން ބުނެފައިވަނީ އޭނާގެ އުމުރުން މިހާރު 35 އަހަރު ކަމަށާއި އެހެން ކަމުން އޭނާ ޓީމަށް ނުނެގުން އެއީ އޭނާގެ ނިންމުން ކަމަށެވެ.

މީގެކުރިން ޤައުމީ ޓީމަށް ކުޅެފައިނުވާ 5 ކުުންތެރިން ހިމަނާފައިވެއެވެ. އޭގެތެރޭގައި ޓޮލޫސްގެ ކީޕަރ ގިއޮމް ރެސްޓް، ލޯންސްގެ ކީޕަރ ރޮބިން ރީސަރ، ޑިފެންޑަރުން ކަމަށްވާ ޖެރެމީ ޖެކީ އާއި އިންޓަރ މިލާންގެ އެންޑީ ޑިއޫފް އަދި ކޯމޯއަށް ކުޅޭ ލޫކަސް ޑި ކުންޔާ ހިމެނެއެވެ. މީގެއިތުރުން ޤައުމީ ޓީމުގެ ކެޕްޓަންގެ ގޮތުގައި ކިލިއަން އެމްބާޕޭ ދެމި ހުންނާނެކަންވެސް ޒިދާން ފާހަގަކޮށްފައިވެއެވެ. ޒިދާންގެ ކޯޗު ކަމުގެ ދަށުން ފަރަންސޭސިވިލާތް ކުޅޭ ފުރަތަަމަ މެޗުގައި މިމަހުގެ 25 ވަނަ ދުވަހު ރަށުން ބޭރުގައި ނިކުންނާނީ ނޭޝަންސް ލީގުގެ މެޗެއްގައި ތުރުކީޔޭ އާއި ދެކޮޅަށެވެ. އަދި މީގެއިތުރުން މިމުބާރާތުގެ އިތުރު ތިން މެޗު މިފަހަރުގެ އިންޓަރނޭޝަނަލް ބްރޭކުގައި ފަރަންސޭސިވިލާތުން ކުޅޭނެއެވެ. އެތިން މެޗުގެ ތެރެއިން ދެމެޗު ކުޅޭނީ ބެލްޖިއަމް އާއި ދެކޮޅަށެވެ. އެއީ ރަށާއި ރަށުން ބޭނުގައި ކުޅޭ ދެމެޗެވެ. އަދި ތިންވަނަ މެޗުގައި ނިކުންނާނީ އިޓަލީވިލާތާއި ދެކޮޅަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

4554763

އިންފަންޓީނޯއަށް ކުރަމުންއައި ތާޢީދު ފްރާންސުން އަނބުރާ ގެންގޮސްފި

Saks 768x432

ފްރާންސް ބަލިކޮށް ވޯލްޑު ކަޕްގެ ތިންވަނަ އިންގްލެންޑަށް

Oyarzabel mikel1280 768x432

ފްރާންސް ރޮއްވާލާފަ ސްޕެއިން ފައިނަލަށް

1617455.jpeg

މެޗުން މޮޅުވެވޭނީ ނިންމުންތައް ބަރާބަރުކޮށްގެން: ފްރާންސްގެ ކޯޗު