ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔުނިކޯޑް ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި

WhatsApp Image 2026 09 16 at 16.48.50 (1)
Maldivian_Ads
STO_Ads
TTH_Ads
Advertisement

ދުނިޔޭގެ ޑިޖިޓަލް މިންގަނޑުތައް ކަނޑައަޅާ ދަ ޔުނިކޯޑް ކޮންސޯޓިއަމްއިން ނެރުނު ޔުނިކޯޑް ސްޓޭންޑާޑްގެ އެންމެ ފަހުގެ ވާޝަންގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފިއެވެ.

މި އަހަރުގެ ސެޕްޓެންބަރު 16 ގައި ނެރެފައިވާ “UNICODE 18.0” ގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު، އެ ނިޝާނަށް ހާއްސަކޮށްގެން ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ.

ދިވެހި ރުފިޔާގެ ނިޝާނަކީ 2022 ވަނަ އަހަރުގެ ތެރޭގައި ތައާރަފުކޮށްފައިވާ ނިޝާނެކެވެ. މި ނިޝާން ބައިނަލްއަގުވާމީ ޔުނިކޯޑް ސްޓޭންޑާޑްގައި ހިމެނިގެން ދިއުމަކީ ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ފައިސާގެ ނިޝާން ބޭނުންކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

HajjCop_ads
Advertisement

މި ބަދަލާއެކު، ވެބްސައިޓްތަކާއި މޯބައިލް އެޕްލިކޭޝަންތަކުގެ އިތުރުން އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުންކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިގެން ގޮސްފައެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި، މިއީ ޑިޖިޓަލް ތަފާތު ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.

ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި އަދި މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް އޮތޯރިޓީން ވަނީ ޝުކުރު އަދާކޮށްފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް، ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

472701 6c241f63 4

އެމްއެމްއޭއިން އެދުނު 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ

އެމްއެމްއޭ

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް އިވެލުއޭޓްކުރާނެ ބަޔަކު ހޯދަނީ

zakaathu house

އޯގަސްޓުމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިޔަން ރުފިޔާ