ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް އިވެލުއޭޓްކުރާނެ ބަޔަކު ހޯދަނީ

އެމްއެމްއޭ
އެމްއެމްއޭ — ފޮޓޯ: ދަ އެޑިޝަން
Maldivian_Ads
TTH_Ads
STO_Ads
Advertisement

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް ބަލައި އެސެސް ކުރާ “ޕިއާ ރިވިއު ޕޫލް”ގައި ބައިވެރިވުމުގެ ފުރުސަތު އެމްއެމްއޭ އިން މިއަދު ހުޅުވާލައިފިއެވެ. މި ޕޫލްގައި ހިމެނެނީ ތައުލީމީ ދާއިރާގެ ބޭފުޅުންނާއި ދާރިސުންނާއި އެކި ފަންނުތަކުގެ މާހިރުންނެވެ.

މި ޕޫލަށް ހޮވޭ ފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޮންފަރެންސަށް ހުށަހެޅޭ ދިރާސީ ކަރުދާސްތަކުގެ ފަންނީ ފެންވަރު ވަޒަންކުރުމާއި، މައުލޫމާތުގެ ސައްހަކަމާއި ދިރާސާގެ މައުޟޫގެ މުހިންމުކަމުގެ މައްޗަށް ބިނާކޮށް މިނިވަން އަދި އިލްމީ ޚިޔާލު ފޯރުކޮށްދިނުމެވެ.

މި ޕޫލްގައި ބައިވެރިވެވޭނީ އެކި ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. އެގޮތުން، މެކްރޯ އިކޮނޮމިކްސް، މަނިޓަރީ އިކޮނޮމިކްސް، އިސްލާމިކް ފައިނޭންސް، ޕަބްލިކް ފައިނޭންސް، ފަތުރުވެރިކަން، ބައިނަލްއަގްވާމީ ވިޔަފާރި، ޑިޖިޓަލް ފައިނޭންސް އަދި ވެސް ކޮންފަރެންސާ ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ ފަންނީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ.

HajjCop_ads
Advertisement

އެމްއެމްއޭ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ކަރުދާސްތައް ދިރާސާ ކުރާނީ “ޑަބަލް ބްލައިންޑް ޕިއާ ރިވުއު” އުސޫލުންނެވެ. މާނައަކީ ރިވިއު ކުރާ ފަރާތައް އަދި ދާރިސަށް އެކަކު އަނެކަކު ނޭނގޭނޭހެންނެވެ.

އެމްއެމްއޭގެ ޕިއާ ރިވިއުއާ ޕޫލްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ނިންމާ ފަރާތްތަކަށް ސެޓްފިކެޓާއި، އުޖޫރަ އަދި އެ ނޫންވެސް އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

ޕިއާ ރިވިއުއާއަކަށް ވުމަށް އެޕްލިކޭޝަން ހުށަހަޅާނީ ރިސާޗް ކޮންފަރެންސް ވެބްސައިޓްގައިވާ ޕިއާ ރިވިއުއާ ފޯމު ފުރައިގެންނެވެ.

އެޕްލިކޭޝަން ލިންކް

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 27 ސެޕްޓެންބަރު 2026އެވެ.

ތިންވަނަ އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2026 ކުރިއަށް ދާނީ 5-7  ޑިސެންބަރަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

އިޤްތިޞާދީ ކުރިއެރުން އޮގަސްޓު މަހު ހުރީ 9.64 ބިލިޔަން ރުފިޔާގައި

MMA

އިންޑިއާގެ 30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކޮށްފި

finance ministry

ދައުލަތަށް ލިބުނު އާމްދަނީ 31.6 ބިލިއަނަށް

MMA

ސެޕްޓެމްބަރު ނިމުނުއިރު ރަސްމީ ރިޒާވް 547 މިލިއަން ޑޮލަރު