ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދާއެކު ޝަރީޢަތްތައް ހިންގުން ހަރުދަނާވާނެ: އުއްތަމަ ފަނޑިޔާރު

453500 3dec5864 3
Maldivian_Ads
TTH_Ads
STO_Ads
Advertisement

މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދާއެކު އެ ކޯޓުތަކުގެ ޝަރީޢަތް ހިންގުމުގެ ނިޒާމު އެތައް ގުނައެއް ހަރުދަނާވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދަށް މުވައްޒަފުން ތަމްރީން ކުރުމަށް ލ. ގަމުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ،  ޝަރުޢީ ދާއިރާ ތަރައްޤީކޮށް ރައްޔިތުންނަށް ފަސޭހައިން އިންސާފު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ އަބަދުވެސް އެންމެ އިސް އަމާޒު ކަމަށާއި އަލަށް ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދަކީ އެ އަމާޒަށް ވާސިލުވުމަށް އެޅުނު ވަރަށް ވަރުގަދަ ބިންގަލެއް ކަމަށެވެ. އަދި މި ޤަވާއިދުގެ ސަބަބުން މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތްތައް ހިންގުމުގެ ނިޒާމު ކުރިއަށްވުރެ އެތައް ގުނައެއް ހަރުދަނާކަމާއެކު ތަރުތީބުވެގެންދާނެ ކަމަށާއި ކޯޓުތަކުން ދޭ ޚިދުމަތްތަކުގެ ދުވެލި އަވަސްވެ، ޢަދުލު އިންޞާފުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މީގެ ކުރިން ފާހަގަކުރެވުނު އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މައްސަލަތައް ރެޖިސްޓަރކުރުމާއި ޝަރީޢަތް ކުރުމުގެ އިޖުރާއާތުތަކުގައި އަދި އިދާރީ ގޮތުން ނަގާ ފީތައް ނެގުމުގައި ތަފާތު ގޮތްތައް ހުރުން ކަމަށެވެ. ނަމަވެސް އައު ޤަވާއިދާއެކު އެ ތަފާތުތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މައްސަލަތައް ރެޖިސްޓަރ ކުރު މުގައާއި ޝަރީޢަތް ކުރުމުގެ އިޖުރާއާތުތަކުގައި، އަދި އިދާރީ ގޮތުން ނަގާ ފީތައް ނެގުމުގައިވެސް ތަފާތު ގޮތްތަކެއް ގެންގުޅެމުން ދިޔުން. އެހެންނަމަވެސް، މި އައު ޤަވާއިދާއެކު މި ހުރިހާ ތަފާތުތަކަކަށް ނިމުން އަންނާނެ. އެކި ކޯޓުތަކުގައި ގެންގުޅެމުންދިޔަ އެކި ގޮތްތައް އެއްގޮތް ކުރެވި، މުޅި ރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓެއްގައިވެސް ޢަމަލުކުރާނީ އެއް އުޞޫލަކުން.

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓުތަކުން އަމަލުކުރަމުންދާ އުސޫލުތައް އެއްގޮތް ކުރެވުމުން ކޯޓުތަކުން ޚިދުމަތް ހޯދާ ރައްޔިތުންނަށް ފައިދާ ވެގެންދާނެ ކަމަށެވެ.

މި ގަވާއިދަށް އަމަލުކުރުމަށް ނިންމާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. އެހެން ވެ މި ގަވާއިދަށް އަމަލުކުރަން ފެށުމުން އެ ހެޔޮ ބަދަލުތައް ފެންނަން ފަށާނެ ކަމަށާއި ކޮންމެ މުވައްޒަފަކުވެސް މަސައްކަތް ކުރަންވާނީ އައު ޤަވާއިދުގެ ރޫޙާ އެއްގޮތަށް، އިންސާފުވެރިކަމާއި ހަލުވިކަމާއި އޯގާތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުން އަންނާނެކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

 

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްއައިބީ ގެސްޓްހައުސް އެވޯޑު 9 ފަރާތަކަށް ދީފި

university

އެލައިޑް ހެލްތު ޕްރޮފެޝަނަލް ސްކޮލަރޝިޕަށް ހުޅުވާލައިފި

ގޯތިގެދޮރު އެޅުމަށް ބެންކުން ދޫކުރާ ލޯނުގެ އިކުއިޓީއަށް ދެ ލައްކަ ރުފިޔާގެ އެހީއެއް

Whats App Image 2026 10 15 at 16 54 50 c5ac035ba0

ކޮމިޝަންޑް އޮފިސަރުންނަކީ ޤާބިލު ލީޑަރޝިޕެއް ދައްކައި، ބޮޑެތި ޒިންމާތައް އުފުލޭނެ ބަޔަކަށް ވާންޖެހޭ: ސީޕީ