ށ.ފޯކައިދޫގައި ބިދޭސީން ދިރިއުޅުމަށް ބޭނުންކުރަމުްނދިޔަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގެ އަލުން ބޭނުން ނުކުރެވޭވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ފޯކައިދޫ ކައުންސިލުން ބުނީ ފުލުހުންނާއި ރައްޔިތުންގެ އެއްބާރުލުމާއެކު ރޯވި އަލިފާންގަނޑު ނިއްވާލެވުނު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ގެ.. ފޮޓޯ: ފޯކައިދޫ ކައުންސިލް

ނަމަވެސް މިހާދިސާގައި އެ ގޭގެ އިތުރުން ހިފާގެންގުޅޭ އެންމެހާ ތަކެތި އެއްކޮށްވަނީ އަނދައިގެންގޮސްފައިވާކަމަށް ކައުންސިލުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މި ހާދިސާ އާ ގުޅިގެން ފޯކައިދޫ ކައުންސިލުން ވަނީ ގޭގައި ދިރިއުޅެމުން އައި ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމުގެ ތެރެއިން.. ފޮޓޯ: ފޯކައިދޫ ކައުންސިލް

އަދި އެފަރާތްތަކަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ބިދޭސީ މަސައްކަތްތެރިންގެ ބަލަދުވެރިފަރާތާ ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.