ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއިން ނޭޕާލަށް 1 މިލިޔަން ރުފިޔާގެ އެހީއެއް

Residents carry their belongings salvaged from their damaged homes filled with mud and debris in Devighat, in Nepal's Nuwakot district, Saturday, Aug. 29, 2026, following the Aug. 26 flash floods.
TTH_Ads
Maldivian_Ads
STO_Ads
Advertisement

ދިވެހިރާއްޖޭން ނޭޕާލަށް 1 މިލިޔަން ރުފިޔާ އިންސާނީ އެހީގެގޮތުގައި ފޯރުކޮށްދިނުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

މި އެހީއަކީ ނޭޕާލަށް މިދިޔަމަހުގެ ފަހުކޮޅު ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ޙާދިސާތަކުން އަރައިގަތުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތަކަށް އެހީވުމަށް ފޯރުކޮށްދޭން ނިންމާފައިވާ އެހީއެކެވެ. މި އެހީ ފޯރުކޮށްދޭނީ ނޭޕާލުގެ ބޮޑުވަޒީރު އިޢުލާންކުރައްވާފައިވާ ޑިޒާސްޓަރ ރިލީފް ފަންޑަށެވެ.

މި އެހީއަކީ، ނޭޕާލަށް ކުރިމަތިވި ދަތި އުނދަގޫ ދަނޑިވަޅުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދޭހަވާ ކަމެއް ކަމުގައި ސަރުކާރުން ވިދާޅުވެއެވެ.

HajjCop_ads
Advertisement

ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު ބަލެންދްރަ ޝާހުއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ނޭޕާލަށް ކުރިމަތިވި ހިތާމަވެރި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެމަނިކުފާނު ފުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޕާލުގެ ބޮޑުވަޒީރަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް، ޚާއްޞަކޮށް މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ތައުޒިޔާ ވިދާޅުވާކަމަށާއި އަދި މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދާ އިމަޖެންސީ ޓީމުތަކުގެ މަސައްކަތްތައް ފާހަގަކުރައްވައި، އެ ފަރާތްތަކަށް ތަޢުރީފު ކުރައްވާފައިވެއެވެ.ނޭޕާލާއި ޗައިނާ ގުޅޭ ހިމާލަޔާގެ ސަރަޙައްދަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 1,130 އަށް އަރައި، 4,500 އަށްވުރެ ގިނަ މީހުން ގެއްލިފައިވާކަން އެ ޤައުމުގެ ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ނޭޕާލްގައި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާ ހިނގާފައި ވަނީ، އޮގަސްޓު 26 ވަނަ ދުވަހު އެ ޤައުމުގެ ފަރުބަދަމަތީ ސަރަޙައްދަކުން ‘ގްލޭސިޔަރ’ އެއް ނުވަތަ ބޮޑު ގަނޑުފެން ގަނޑެއްގެ ބަޔެއް ކަނޑައިގެން ދިޔުމާ ގުޅިގެން، ހިމާލަޔާ ފަރުބަދައާ ގުޅިފައިވާ ކޯރުތަކުގެ ނިޒާމުގައި ކުއްލިއަކަށް ފެންބޮޑުވެ، ހިލައާއި، ގަނޑުފެނާއި، ކިސަޑު ފޭބުމުގެ ސަބަބުންނެވެ.

ފެންބޮޑުވި ސަރަޙައްދުތަކުން މިހާތަނަށް 12,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާއިރު، ގެއްލުނު މީހުން ހޯދުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން ހިމެނޭހެން، ސަލާމަތީ ޚިދުމަތްތަކުގެ 21,000 އަށްވުރެ ގިނަ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި ނުރައްކާތެރި ޤުދުރަތީ ކާރިސާގެ ސަބަބުން ނޭޕާލުގެ 1.6 މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ ދިރިއުޅުމަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 20 at 22.18.31

ފޮއްދޫ ކުޑަކުދިންގެ ޕާކު ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

Image 870x 6ab0025d0840a

އެފްއޭއެމުން ބާއްވާ ރެފްރީ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Image 870x 6ab005b8bef9d

ޝޫޓިން ޓީމްގެ އީޝާ އަމިއްލަ ރެކޯޑް އާކޮށްފި

Image 870x 6ab003ef6e9cf

އެކުވެރިކަމުގެ ތިން މެޗެއް ކުޅުމަށް ގައުމީ ފުޓުބޯޅަ ޓީމު ފުރައިފި