ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޫސުމީ ކަންކަމުގައި ރާއްޖެއާއި އިންޑިއާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

މޫސުމީ ކަންކަމާއި ތިމާވެށީގެ ދާއިރާއިން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފުއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ތިމާވެށީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން، މޫސުމީ ޢިލްމު ކުރިއެރުވުމާއި، ވައިގެ ފެންވަރު ދެނެގަނެ ބެލެހެއްޓުމުގެ ނިޒާމުތައް ހަރުދަނާކުރުމާއި، ސެޓެލައިޓް މެދުވެރިކޮށް މަޢުލޫމާތު ބަދަލުކުރުމާ ގުޅޭގޮތުން ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.

HajjCop_ads
Advertisement

މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުމާއި، ތިމާވެށި ބެލެހެއްޓުމުގެ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީކޮށް، ދިވެހި ފަންނީ މުވައްޒަފުންގެ ތަމްރީނާއި ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމަކަށްވުމާއެކު، އަވަށްޓެހި ގައުމުތަކާ ގުޅިގެން މިފަދަ ދާއިރާތަކުން ގާބިލުކަން އިތުރުކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު