ށ. ފޯކައިދޫގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒުގެ ފައުންޑޭޝަންގެ މަސައްކަތް ފަށައިފިއެވެ.
މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ ފޯކައިދޫގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށި، ފައުންޭޝަންގެ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށެވެ.
ޒަމާނީ ފެންވަރަށް ތައްޤީ ކުރުމަށް ހަމަޖެހިފައިވާ މި އިސްލާމީ މަރުކަޒުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
މި އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމޭއިރު 700މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި، 300 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި 4 ކުލާސްރޫމާއި އިމާމު ރޫމަކާއި އޮފީސް ބައެއްގެ އިތުރުން ހިނަވާގެއެއް ހިމެނޭނެއެވެ.
ފޯކައިދޫއަކީ އާބާދީގައި 2000އަށްވުރެ ގިނަ މީހުން ރެޖިސްޓްރީކޮށްފަވާ ރަށެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.