ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަގު ހުރަސްކުރަން ނުހުއްޓާނަމަ 1500 އިން ޖޫރިމަނާކޮށް ލައިސަންސް އިން ޑީމެރިޓް ޕޮއިންޓް ކަނޑަނީ

traffic police
STO_Ads
TTH_Ads
Maldivian_Ads
Advertisement

މަގު ހުރަސްކުރަން ފާހަގަކޮށްފައިވާ ކަފިހިހުރަހަކުން މަގު ހުރަސް ކުރާ މީހުންނަށް ތަންދިނުމުގެ ގޮތުން އެއްގަމު އުޅަނދު ނުހުއްޓައި، އެ ފަރާތްތައް ހުރަސްކުރަން ޖާގަނުދީ އުޅަނދު ފަހަރު ދުއްވާ ފަރާތްތައް 1،500 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފަރާތުގެ ލައިސަންސް އިން ޑީމެރިޓް ޕޮއިންޓް ކަނޑަން އާ ގާނޫނުގައި ކަނޑައަޅައިފިއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅައި މިދިޔަ އޮކްޓޫބަރު މަހުގެ 26 ގައި މަޖިލީހުން ފާސްކޮށް، މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި، އެއްގަމު ދަތުރު ފަތުރުގެ އާ ގާނޫނުގައި ވަނީ، ކަފި ހުރަސް މަތިން ހިނގާ މީހުންނަށް ތަން ނުދީ އަދި ނުހުއްޓާ އުޅަނދު ފަހަރު ދިއުމަކީ މަނާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ދުވާރު މަތީގައި ނުވަތަ އެއްގަމު ދަތުރު ފަތުރުގެ ނިޒާމުގެ ތެރޭގައި މީހުން ހިނގުމަށް ހަދާފައިވާ ތަނެއްގައި ނުވަތަ ސަރަހައްދެއްގައި، އެއް ވެސް ބާވަތެއްގެ އެއްގަމު އުޅަނދެއް ދުއްވުމާއި ޕާކު ކުރުން މަނާކޮށް، އެއާ ހިލާފުވާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރުމާ އެކު، އެ ފަރާތުގެ ލައިސަންސް އިން ޑީމެރިޓް ޕޮއިންޓް ކަނޑަން ވެސް ވަނީ ކަނޑައަޅައިފައެވެ.

HajjCop_ads
Advertisement

މި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި ގެޒެޓްގައި ޝާއިއު ކުރައްވާފައި ވީ ނަމަވެސް، މި ގާނޫނަށް އަމަލު ކުރަން ފަށާނީ، ތަސްދީގު ކުރައްވައި ގެޒެޓްގައި ޝާއިއު ކުރި ތާރީހުން ފެށިގެން 30 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

My-Hulhumale

ހުޅުމާލެ ފޭސް ދޭއްގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި

Police vcle

ދަރުބާރުގެ ކައިރިން ބަހަކާއި ސައިކަލެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ

police

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ

Big Qz0f9kHMg1D6FA2H71UEdZYew

ކުޑަކުއްޖާ ނިޔާވި އެކްސިޑެންޓު: ފުލުހުން ބުނީ ކުއްޖާގެ ގައިގައި އެހެން ކާރަކުން ޖެހުނުކަމަށް ބެލެވޭކަމަށް!