ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިނގިރޭސި ރެކޯޑް ފީއަކަށް އެންޒޯ މެންޗެސްޓަރ ސިޓީއަށް

0e22dc80 a656 11f1 b9c3 ff4913859afc
TTH_Ads
STO_Ads
Maldivian_Ads
Advertisement

އިނގިރޭސި ރެކޯޑް ފީއަކަށް  ޗެލްސީގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ. އޭނާ ސިޓީއަށް ދިޔައީ އިނގިރޭސި ރެކޯޑް ފީއެއް ކަމަށްވާ 125 މިލިއަން ޕައުންޑަށެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕް ފައިނަލް މެޗުގައި ރަތްކާޑު ހޯދި އާޖެންޓީނާގެ މިޑްފީލްޑަރު ސޮއި ހޯދީ ކުޅުންތެރިޔާ ޗެލްސީ ދޫކޮށްލަން އެދުމުންނެވެ. އޭނާގެ އަގަކަށް ސިޓީން ދޭން ޖެހުނު 125 މިލިއަން ޕައުންޑަކީ މީގެ އެއް ސީޒަން ކުރިން ނިއުކާސަލްގައި ހުއްޓައި އެލެގްޒެންޑާ އިސާކްގެ ސޮއި ލިވަޕޫލުން ހޯދި އަގާ އެއްވަރުގެ އަދަދެކެވެ. އެންޒޯ 2023 ވަނަ އަހަރު ޗެލްސީ އަށް ސޮއި ކުރީ ވެސް އިނގިރޭސި ރެކޯޑް ފީއަކަށެވެ. އެއީ ޕޯޗުގަލްގެ ބެންފީކާ އަށް 107 މިލިއަން ޕައުންޑް ދީފައެވެ.

އެންޒޯ ސިޓީގެ މެޑިކަލް ފުރިހަމަ ކުރާނީ މިއަދުގެ ވަގުތެއްގަ އެވެ. އެންޒޯ ސިޓީ އަށް ބަދަލުވި މައިގަނޑު ސަބަބަކީ އެ ޓީމުގެ ކޯޗަކަށް މިވަގުތު ހުރި އެންޒޯ މަރެސްކާ އެވެ. އޭނާ އަކީ ޗެލްސީގެ ކުރީގެ ކޯޗެވެ. މި ދެ މީހުން ވަނީ ޗެލްސީގައި ކުލަބު ވޯލްޑް ކަޕާއި ކޮންފަރެންސް ލީގު ކާމިޔާބު ކޮށްފައެވެ. އެންޒޯގެ ޓްރާންސްފާ އަކީ މި ސީޒަނުގައި ސިޓީން އެ ޓީމުގެ އަމިއްލަ ޓްރާންސްފާ ރެކޯޑް ދެ ވަނައެވެ. ސީޒަން ފެށުމުގެ ކުރިން އިނގިރޭސި މިޑްފީލްޑަރު އެލިއޮޓް އެންޑަސަން ސިޓީ އަށް ގެންދިޔައީ ވެސް 116 މިލިއަން ޕައުންޑަ ނޮޓިންހަމަށް ދީފައެވެ.

HajjCop_ads
Advertisement

ސއިޓީން ވަނީ ކުޅުންތެރިން ހޯދުމަށް ގިނަ ހޭދަތަކެއް ކޮށްފަ އެވެ. ފެނާންޑޭޒަކީ މި ސީޒަނުގައި 100 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގެއްގައި ޕްރެމިއާ ލީގުގައި ކުލަބަކަށް ގެންދިޔަ ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެސްޓަންވިލާގެ މޯގަން ރޮޖާސްގެ ސޮއި ޗެލްސީން ހޯދީ 117 މިލިއަން ޕައުންޑަށެވެ. އަދި ޕީއެސްޖީގެ ބްރެޑްލީ ބާކޯ ލިވަޕޫލަށް ގެންދިޔައީ 123 ޕައުންޑަށެވެ. މި ލިސްޓުގައި ދެން ތިބީ އެންޑަސަން އާއި އެންޒޯ އެވެ.

 

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

En 80792 sd65qd8qydaz1o36qa7o0toj en translation

މޮޅު ކުޅުމަކާއެކު ޕީއެސްޖީން ސިޓީ ބަލިކޮށްފި

Getty 6988d54ace

ސިޓީން ލިވަފޫލް 3-0 އިން ބަލިކޮށްފި

109980913 javier tebas2

ސިޓީއަށް ދޭންޖެހޭނީ އެހެން ޓީމުތަކަށްވެސް އިންޒާރަކަށް ވާވަރުގެ އަދަބެއް: ލަލީގާގެ ރައީސް

A8b1c670 b8f4 11f1 bd4a e9ce4be469f6.jpg

ޕްރިމިއާ ލީގުގެ ޤަވާއިދާ ޚިލާފުވިކަމަށް ބުނެ ސިޓީގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެއްޖެ