ހއ. ކެލާގެ ބަނދަރު އަޕްގްރޭޑު ކުރުމާއި، އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ކެލާގައި ބިން ހިއްކުމަށް ހަމަޖެހިފައިވަނީ އެ ރަށުގައި ތަރައްޤީކުރުމަށް ރޭވިފައިވާ ފިޝަރީޒް އިންފްރާސްޓްރަކްޗަރ ގާއިމްކުރުމަށެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސަޢުދީއެވެ. މި ދެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އިޝްތިހާރު އިޝްތިހާރު

މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:

  • ކެލާ ބަނދަރު އަދި ނެރު ފުންކުރުން
  • 8.56  ހެކްޓަރުގެ ބިން ހިއްކުން
  • 266  މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުން
  • 692  މީޓަރުގެ ހިލަ ރިވެންޓްމެންޓް ޖެހުން
  • 620  މީޓަރުގެ ޖިއޯބޭގް ރިވެންޓްމެންޓް ޖެހުން
  • 132  މީޓަރުގެ ގްރޮއިން ޖެހުމާއި، ސޭންޑްފިލްޑް ބްރޭކްވޯޓަރ ހެދުން
  • 6  މޫރިންގް ބޮއި ހަރުކުރުން
  • 2  ނެރު ބައްތި އަދި 45 މަގު ބައްތި ހަރުކުރުން
  • ބަނދަރު ސަރަޙައްދުގައި ޕޭވްމަންޓު ހެދުން

ކޮންކްރީޓް ޖެޓީއަކާއި ކޮންކްރީޓް ބްރިޖެއް އެޅުން ހިމެނެއެވެ.
މި މަޝްރޫޢު ނިމުމުން ކެލާގެ އިޤްތިޞާދީ އަދި މަސްވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެއެވެ.