ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީސީސީގެ ބޯޑަށް އާންމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރަކު ހޯދަން އިޢުލާންކޮށްފި

F51e5835 e7ee 489f be84 e9bb862e1f68
STO_Ads
TTH_Ads
Maldivian_Ads
Advertisement

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް، އެމްޓީސީސީގެ ބޯޑުގައި ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީގެ ހިންގާ ޤަވާއިދުގެ 57 ވަނަ މާއްދާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާ ގޮތް ބަޔާންކޮށްފައިވެއެވެ. އަދި ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށް ބަލައި، ޑިރެކްޓަރުންގެ ބޯޑަށް މައި ޙިއްޞާދާރުގެ ޙައިސިއްޔަތުން ސަރުކާރުގެ ފަރާތުން 05 (ފަހެއް) ޑިރެކްޓަރުން ޢައްޔަނު ކުރަން ޖެހެއެވެ. އަދި ޢާންމު ޙިއްޞާދާރުންގެ ތެރެއިން 02 (ދޭއް) ޑިރެކްޓަރުން އިންތިޚާބު ކުރަން ޖެހެއެވެ. އެގޮތުން ކުންފުނީގެ ހިއްސާދާރުން ތަމްސީލު ކުރައްވާ ޑިރެކްޓަރުންގެ ބޯޑުގެ 2 މެންބަރުންގެ މަޤާމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެމްޓީސީސީން ވަނީ، ސީއެމްޑީއޭގެ ޤަވާއިދުތަކުގައި ބާރުއަޅާ ގޮތަށް މިމަޤާމުތަކަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލުމަށް އިލްތިމާސްކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން އެމްޓީސީސީން ކުރި ޢިޢުލާނުގައި މަޤާމުގެ ޝަރުތުތައްވެސް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ކުންފުނީގެ ޙިއްޞާދާރެއް ކަމުގައިވުން ނުވަތަ ކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތަކަށްވުން ހިމެނެއެވެ. އަދި ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ފަރާތަކަށްވުމުގެ އިތުރަށް މާލީ ރިޕޯޓުތައް ދިރާސާ ކުރުމުގެ ޤާބިލުކަން ލިބިފައި ހުރި ފަރާތަކަށްވުން ޝަރުތުކޮށްފައިވެއެވެ. މީގެ އިތުރުން ބަނގުރޫޓުވެފައިވާ ފަރާތެއް ކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ޤައުމެއްގައި ހުކުމާއި އެއްގޮތަށް އަދާކުރަމުންނުދާ ސާބިތު ދަރަންޏެއް އޮތް ފަރާތަކަށް ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ކުންފުނީގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ ވިޔަފާރިއެއްގައި ޝާމިލުވާ ފަރާތެއް ނުވުމާއި، އެފަރާތްތައް ސީއެމްޑީއޭގެ މިންގަނޑުތަކަށް ފެތެންޖެހޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

HajjCop_ads
Advertisement

މިމަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން އެކުންފުނީގެ ޝެއަރހޯލޑަރސް އޮންލައިން ޕޯރޓަލް މެދުވެރިކޮށް އަންނަމަހުގެ 24 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުގެ މަޢުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތީން ޑިރެކްޓަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު، އަހަރީ ޢާންމު ޖަލްސާ ބޭއްވުމުގެ ކުރިން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އިޢުލާން ކުރާނެއެވެ. މި 02 މަޤާމަށް ޑިރެކްޓަރުން އިންތިޚާބުކުރާނީ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 31 at 20.44.11

ކުޑަހުވަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 75 އިންސައްތަ ނިމިއްޖެ

Heena

އެމްޓީސީސީގެ ބޯޑަށް ޢާންމު ޙިއްޞާދާރުންގެ ފަރާތުން ދެ ޑިރެކްޓަރުން އިންތިޚާބުކުރަން ކުރިމަތިލާން ހުޅުވާލައިފި

WhatsApp Image 2026 08 31 at 16.03.15

ފީއަލީ ފުޓްސަލް ދަނޑުގެ މަސައްކަތް ވެސް ހުއްޓުމެއްނެތި ކުރިއަށް

WhatsApp Image 2026 08 31 at 13.05.23

މޮޅަދޫ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ބާރަށް ކުރިއަށް