އއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް އިމާރާތްކުރާ 3 ބުރީގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ބުނީ ޢިމާރާތްކުރާ ސަރަހައްދުގައި މިހާރު ފެންސު ޖެހުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

އއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް އިމާރާތްކުރާ 3 ބުރީގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 20ގައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. ރަސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އިޝްތިހާރު އިޝްތިހާރު

ރަސްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން އއ.އަތޮޅު ތައުލީމީ މަރުކަޒުގައި ކޮމްޕިއުޓަރ ލެބަކާއި، ޕްރެޔަރ ރޫމްއެއް އަދި ލައިބްރަރީއެއްވެސް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިހާރު ހިނގަމުންދާ މަޝްރޫޢުގެ އިތުރަށް، ރަށަށް ކޮންމެހެން ބޭނުންވާ އެއް މަޝްރޫޢު މިއީ، ސްކޫލް މަޝްރޫޢު. މި މަޝްރޫޢުގެ ތެރެއިން ސްކިލް ލެބަރ، ކޮމްޕިއުޓަރ ލެބް، ޕްރެޔަރ ރޫމް އަދި ލައިބްރަރީ ހިމެނިގެންދާނެ. އެހެންވީމާ މި ވަސީލަތްތައް ސްކޫލަށް އިތުރުވެގެންދާނެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އއ. އަތޮޅު ތައުލީމީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު، މި މަސައްކަތް ނިމުމާއެކު އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމަށެވެ.