ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ އައު ޤާނޫނެއް

Baarah aerial1
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ވަކި ރަށަކާ ގުޅިފައިނުވާ ފަޅުގެ ސަރަޙައްދުތައް އެކިއެކި ބޭނުންތަކަށް އެކަށައެޅުމާއި، ކުއްޔަށްދިނުމާއި، ވަރުވާއަށް ލިޔެދިނުމާގުޅޭ އުސޫލުތައް ބަޔާންކުރާ “ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު” ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިއީ 2026 އޯގަސްޓް 26 ވީ ބުދަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގައި، ޓޫރިޒަމް ނޫން އެހެނިހެން އެކި ބޭނުންތަކަށް ދޫކުރެވޭ ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ އުސޫލުތަކާއި، އެ ތަންތަން ކުއްޔަށްދިނުމުގައި ޢަމަލުކުރާނެ ޝަރުޠުތަކާއި އިޖުރާތުތައް ބަޔާންކުރައްވާފައިވެއެވެ. އެގޮތުން، އިޤްތިޞާދީ، ސިނާއީ އަދި އިޖްތިމާޢީ ކަންކަން ފަދަ އެކި ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅު ކަނޑައެޅުމާއި، ވަކި ޚާއްޞަ ބޭނުމަކަށް ކަނޑައެޅިފައިނުވާ ފަޅުރަށްރަށް، ބެލެހެއްޓުމަށްޓަކައި ވަރުވާއަށް ލިޔެދިނުމުގެ އުސޫލުތަކާއި އިޖުރާތުތައް ބަޔާންކޮށްފައިވެއެވެ.

HajjCop_ads
Advertisement

ފަޅުރަށްރަށަށް މިހާރު ކުލި ނަގަމުން އަންނަނީ އަކަމީޓަރަކަށް 10 ލާރީގެ މަގުންނެވެ. ނަމަވެސް ދިވެހިރާއްޖޭގެ އިޤުތިޞާދު ފުޅާވަމުންދާއިރު، އެކަށީގެންވާ ކުލި ކަނޑައެޅުމަށްޓަކައި، ކުލީގެ އަދަދުވެސް ވަނީ އިޞްލާޙުކޮށްފައެވެ. އެގޮތުން، ސިނާއީ ބޭނުމަށާއި އިޤްތިޞާދީ ބޭނުމަށް އަކަމީޓަރަކަށް 3 ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް އަކަމީޓަރަކަށް 2 ރުފިޔާ 50 ލާރި، އަދި އިޖްތިމާއީ ބޭނުމަށް އަކަމީޓަރަކަށް 2 ރުފިޔާގެ ރޭޓުން ކުލިނެގުމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން، ވަރުވާއަށް ދޫކުރުމަށް ކަނޑައަޅައިފައިވަނީ އަކަމީޓަރަކަށް އަހަރަކަށް 2 ރުފިޔާގެ ރޭޓުން ކުލިނަގާ ގޮތަށެވެ.

ބިލުގައި ކަނޑައަޅައިފައިވާ ނިޒާމުގެ ދަށުން އެކި ބޭނުންތަކަށް ދޫކުރެވޭ ފަޅުރަށްރަށާއި ފަޅު އެކަށައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ފަތުރުވެރިކަމާއި، ސިނާއީ ބޭނުމަށާއި ދައުލަތުގެ ބޭނުމަށް ފިޔަވައި ކައުންސިލުތަކުގެ އިޚްތިޞާޞްގައި ހިމެނޭ ފަޅުރަށްރަށް އެކި ބޭނުންތަކަށް އެކަށައަޅާނީ ކައުންސިލު ތަކުންނެވެ.

މި ބިލުގައި ބަޔާންކުރާ ކަންކަމަށް ޢަމަލުކުރަން ފަށާނީ މި ބިލު ތަޞްދީޤުކުރައްވައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. މިއާއެކު، ކުރިން ޢަމަލުކުރަމުން އައި ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އުވުނީއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނޭޕާލުގެ ޤާނޫނުއަސާސީގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

muiz

ސުކޫކު އެއްކޮށް ދައްކަން ނިންމެވި ސަބަބަކީ، ދަރަނިން ސަލާމަތްވުމާއި، ހަރުމުދާތައް ރަހުނުން ސަލާމަތްކުރުން: ރައީސް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Muiz

ރައީސް މުއިއްޒަށް ދެވަނަ ދައުރެއްގެ ރިޔާސީ ޓިކެޓު އަރުވައިފި