މިދިޔަ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ޢަދަދު އިތުރުވެއްޖެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 44.2 ޕަސެންޓު އިތުރުވެފައިވާކަމަށެވެ. އެގޮތުން 17.37 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ޒަކާތު ހައުސިންއިން ބުންޏެވެ.
މިދިޔަ އަހަރުގެ ޖުލަިއ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިގައިވަނީ 12.04 މިލިއަން ރުފިޔާއެވެ. ޒަކާތު ހައުސިންއިން ބުނީ މިއީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ އިތުރުވުމެއްކަމަށެވެ. އަދި ޒަކާތުން ލިބުނު ޢަދަދު އިތުރުވެފައިވާއިރު، މަހުގެ ތެރޭގައި ޒަކާތު ފަންޑުން 2.80 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމށްވެސް ޒަކާތު ހައުސިންއިން ބުންޏެވެ. އޭގެތެރެއިން އެންމެ ބޮޑުބައެއް ހޭދަކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންނަށެވެ.

އެގޮތުން 1.75 މިލިއަން ރުފިޔާ ދޫކޮށްފައި ވަނީ ފަގީރުންނާއި މިސްކީނުންނަށެވެ. އަދި ބޭސްފަރުވާގެ އެހީގެ ގޮތުގައި 1.48 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމށް ޒަކާތު ހައުސިންއިން ބުންޏެވެ. މީގެ އިތުރުން ޒަރޫރީ ބޭނުންތަކަށް 115,250 ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް 155,950 ރުފިޔާ ދޫކޮށްފައިވެއެވެ.
މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ ރިހީގެ ގްރާމަކަށް 32.38 ލާރީގެ ރޭޓުން 595 ގްރާމަށްވާ 19،266.10ރ. ކަމަށް ކަނޑައަޅާފައެވެ.










ކިޔުންތެރިންގެ ހިޔާލު