ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސެވިއްޔާގެ މައްޗަށް އެތުލެޓިކޯއިން ކުރިހޯދައި، ލަލީގާ ތާވަލުގެ އެއްވަނަަށް

2202b988132fa96a6a648eab92fb890d
TTH_Ads
Maldivian_Ads
STO_Ads
Advertisement

ސްޕެނިޝް ލަލީގާގެ ތާވަލްގެ އެއްވަނައަށް އެތުލެޓިކޯ ޖެހިލައިފިއެވެ. އެތުލެޓިކޯ މެޑްރިޑު ތާވަލުގެ އެންމެ ކުރިއަށް ޖެހިލީ ރޭ ސެވިއްޔާ ބައްދަލުކުރި މެޗު 3-1އިން ކާމިޔާބުކޮށްގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު އެޓްލެޓީއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ސެވިއްޔާއިންނެވެ. މިމެޗު އެޓްލެޓީއިން ފަށާފައިވަނީ ވަރަށް ފޯރިއާއެކުއެވެ. މިގޮތުން މެޗުގެ 4 ވަނަ މިނެޓުގައި އެޓްލެޓީއިންވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު ލީ ކާންގ އިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ އަލެކްސް ބައޭނާއެވެ. މެޗުގެ 26 ވަނަ މިނެޓުގައި އަޑެމޯލާ ލޫކްމަން ޖަހައިދިން ލަނޑުން އެޓްލެޓީއިން އެޓީމުގެ ލީޑު ފުޅާކުރިއެވެ. އަދި މިލަނޑު ޖެހިތާ 7 މިނެޓް ފަހުން މާކޮސް ލޮރެންޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބައޭނާ މިމެޗުގައި ޖެހި ދެވަނަ ލަނޑާއެކު އެޓީމުން 3 ލަނޑުގެ ލީޑެއް ނެގިއެވެ.

ސެވިިއްޔާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދީފައިވަނީ މިގުއެލް ސިއޭރާއެވެ. މިސީޒަން ވަރަށް ކާމިޔާބު ކަމާއެކު ފަށާފައިވާ ސެވިއްޔާއަށް މިމެޗުގައި އިތުރު ލަނޑެއް ޖެހޭގޮތެއްނުވިއެވެ. މިއާއެކު މިސީޒަންގައި ފުރަތަމަ ފަހަރަށް އެޓީމު މިވަނީ ބަލިވެފައެވެ. މިކާމިޔާބީ އާއެކު ޑިއޭގޯ ސިމިއޯނީގެ ޓީމު މިހާރު މިވަނީ ކުޅުނު ތިން މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ސެވިއްޔާ އުޅެނީ 6 ޕޮއިންޓާއެކު ތާވަލްގެ 5 ވަނައިގައެވެ.

HajjCop_ads
Advertisement

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ރެއާލް ސޮސިއެޑާޑް އާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު 2 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ސޮސިއެޑާޑްއެވެ. އަދި ލެވަންޓޭ އާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު 5 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ލެވެންޓޭއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Reuters 6ace8882

އެތުލެޓިކޯ އަތުން ބަލިވެ، ޔުނައިޓެޑަށް މާޔޫސްކަން

Images (1)

ރެއާލް މެޑްރިޑް މޮޅުވި މެޗުގައި ވިނީޝިއަސް ޖޫނިއަރއަށް ރަތް ކާޑު

Images

ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ މޮޅުވެ ފަރަޤު ދަމަހައްޓައިފި

109980913 javier tebas2

ސިޓީއަށް ދޭންޖެހޭނީ އެހެން ޓީމުތަކަށްވެސް އިންޒާރަކަށް ވާވަރުގެ އަދަބެއް: ލަލީގާގެ ރައީސް