ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހިރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ތާރީޚު ބަދަލުކޮށްލި ސިނަމާލެ ބްރިޖަށް 8 އަހަރު!

Big I8AQzKcdpeFDbkXaAUIbb6WG9 1 768x512 (1)
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދިވެހި ތާރީޚު ބަދަލުކޮށްލި ސިނަމާލެ ބްރިޖު ހުޅުވީ 2018 ވަނަ އަހަރުއެވެ. މި ބްރިޖް ޤާއިމުކުރީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް، ސީ.ސީ.ސީ.ސީއިންނެވެ. ބްރިޖު ހުޅުވުމުގެ ތާރީޚީ ރަސްމިއްޔާތުގައި ރެކޯޑް ޢަދަދަކަށް މީހުން ވެސް ބައިވެރިވިއެވެ. ބްރިޖް އާންމުންނަށް ހުޅުވުމުގެ ކުރިން އެތަނުގައި އެކި ކައިވެނި ހަފްލާތައް ވެސް ބޭއްވިއެވެ. ކޮންމެއަކަސް މި ބްރިޖް ހުޅުވިތާ މިއަދަށް މިވަނީ 8 އަހަރު ފުރިފައެވެ.

Big 5UuAF1xXEfaM02UQBoKpW8TUa

މީގެ 8 އަހަރު ކުރިއަށް ޖެހިލާއިރު ހުޅުމާލެއިން މާލެ އަންނަ މީހުން އަންނަނީ ފެރީގައެވެ. ޑިއުޓީއަށް ނުވަތަ ސްކޫލަށް ކުދިން ދިޔުމުގެ އެތައް ގަޑިއިރެއް ކުރިން ހޭލައިގެން ކަނޑެއް ހުރަސް ކުރުމަށްފަހު މާލެ އާދެއެވެ. ނަމަވެސް ކަނޑު ހުރަސްކޮށް މާލެއާއި ހުޅުލެ އަދި ހުޅުމާލެ ބްރިޖަކުން ގުޅުވާލުން ވެގެންދިޔައީ ރައްޔިތުންގެ ދިރިއުޅުމަށް އެތައް ފަސޭހައެއް ގެނުވިކަމަށެވެ.

HajjCop_ads
Advertisement

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައިވެސް، ކަނޑެއް ހުރަސްކޮށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އަދި އެންމެ “ޗެލެންޖިން” މަސައްކަތެވެ. އެ ބުރިޖުގެ ސަބަބުން، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ރައްޔިތުންނަށް އޭގެ މަންފާ ލިބެމުންދެއެވެ. އަދި މިއީ ރާއްޖޭގެ “ލޭންޑް މާރކް” މަޝްރޫއުވެސްމެއެވެ.

ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބިޔަ އެއް މަޝްރޫޢުކަމުގައިވާ ސިނަމާލެ ބުރިޖަކީ އެބުރިޖްގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދު ކުރިއަރައި، ވަކިން ޚާއްޞަކޮށް މާލެ ޞަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަޝްރޫޢެކެވެ. މިމަޝްރޫޢަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ ދިވެހިންގެ ޤައުމީ ވައިގެ ބަނދަރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ދިވެހިންގެ އުންމީދީ ސިޓީގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ހުޅުމާލެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލި މަޝްރޫއެވެ.

މީގެ ކުރިން އެއަރޕޯޓަށް ދިއުމަށާއި، ހުޅުމާލެ ދިއުމަށް ކަނޑުމަގުން ކުރަންޖެހޭ ދަތުރު ބައެއް ފަރާތްތަކަށް އެތަކެއް ތަކުލީފުތަކެއް އުފުލަންޖެހުނު ދަތުރުތަކެކެވެ. ވިއްސާރަވެ ކަނޑުގަދަވެ މޫސުން ކިތަންމެ ގޯސްވިނަމަވެސް ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށާއި، އެކި އެކި ބޭނުންތަކުގައި މާލެއިން ހުޅުމާލެއަށްދާ މީހުން ކަނޑުމަގުން ދަތުރުތައްކުރަމުންދެއެވެ. މޫސުން ގޯސްވެ ފެރީ ދަތުރުތައް ހުއްޓާލި ދުވަސްތައްވެސް މަދެއްނޫނެވެ. ނަމަވެސް މިހާރު އެއީ މާޒީއެވެ.

Big WkwySercGAtaNh1ol7z3nYn5I

ސިނަމާލެ ބްރިޖާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވފައިވަނީ އިންޖިނިއަރިންގެ ގޮތުން ބަލާއިރުވެސް، މިއީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ ޤައުމެއްގައިވެސް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު މަޝްރޫޢުކަމަށެވެ.

“ތިމާވެށީގެ ގޮތުން ބަލާއިރު ވަރަށް އުނދަގޫ ތަނެއްގައި ބްރިޖް އަޅާފައި މިވަނީ. އެތައް ދިރާސާއެއް ކުރަންޖެހުނު. ބިންގަނޑުގެ 110 މީޓަރު އަޑިއަށް ތަނބު ވަނީ ޖަހާފައި. ސަރަޙައްދުގެ ކަނޑުގެ ފުންމިން 45 މީޓަރު. އެހެންވީމަ 150 މީޓަރުގެ ޕައިލްތައް އެބަހުރި ޖަހާފައި.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Big wlm26TnmkjiFsQb25h5arxfcI

އޭރުގެ ހައުސިން މިނިސްޓަރުގެ ޙައިސިއްޔަތުން، އަދި ޕްރޮފެޝަނަލް އިންޖިނިއަރެއްގެ ޙައިސިއްޔަތުންވެސް މިމަޝްރޫޢުގެ މަސައްކަތްތަކުގައި އެމަނިކުފާނު ވަނީ އިސްކޮށް ބައިވެރިވެވަޑައިގަންނަވާފައެވެ.

ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ މި ބްރިޖުގައި ހުޅުލެއާއި މާލެ ގުޅާލަދޭ މި ބްރިޖުގެ ދިގުމިނުގައި 1.39 ކިލޯމީޓަރު ހުރެއެވެ. އަދި ބްރިޖުގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ 2 ލޭނާއި، ސައިކަލް ދުއްވަން ޚާއްޞަ ދެ ލޭނެއް އޮވެއެވެ.

Big axycTdNSXU7zUrVyJM3TdyyFR

މި ބްރިޖުގެ މަސައްކަތްތަކަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދު ކުރިއެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ގޮތުގައި ހަދިޔާކޮށްފައިވާ ފައިސާއެވެ. އަދި 170 މިލިއަން ޑޮލަރު ދިނީ ލޯނު އެހީގެ ގޮތުގައެވެ. ބްރިޖު މަޝްރޫޢަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރިއެވެ.

ސިނަމާލޭ ބްރިޖަށް 8 އަހަރު ވެފައިވާއިރު، އެ ބްރިޖަކީ އެތައް ދުވަހަކަށް ރާއްޖޭގެ ރައްޔިތުން ދެކުނު ހުވަފެނެއްގައި ކުލަ ޖެހުނު އަދި ތަރައްގީގެ އިތުރު ހަރުފަތަކަށް ރާއްޖެ ދިއުމަށް މަގުފަހިކޮށްދިން ރާއްޖެއަށް މުހިންމު ބްރިޖެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big QF2YktifGd4RodtFndJmtnHZc

ސިނަމާލެ ބުރިޖަކީ ތަރައްޤީގެ މަޝްރޫޢަކަށްވުރެ ބޮޑަށް ދެޤައުމުން ގެންގުޅޭ އުންމީދީ ތަސައްވުރު: ރައީސް

raees muiz

އެސެޓް ރިކަވަރީ ގާނޫނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން އެއްކޮށް ނައްތައިލުން: ރައީސް

muiz

ރައްޔިތުންގެ އަޑު: މިފަހަރުވެސް 8 ދާއިރާއަކުން ނަން ނޯޓުކުރެވޭނެ

Muizz

ދިވެހި އިންޖިނޭރުން ބިނާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނެ: ރައީސް