ސްޕެނިޝް ލަލީގާގައި ރޭ އެތްލެޓިކްއާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.
މި މެޗުގައި ބާސެލޯނާއާއި އަލަށް ގުޅުނު ރޮޑްރީ ވަނީ މެޗުގެ ދެވަނަ ހާފުގައި ކުޅެން އަރުވާފައެވެ. ރޮޑްރީ ބާސެލޯނާ އާއި ގުޅިފައިވަނީ މެންޗެސްޓަރ ސިޓީން 65 މިލިއަން ޕައުންޑްގެ ފީއަކަށެވެ.
ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޯ ގައި ފަންސާސް ނުވަ ހާހަށްވުރެ ގިނަ މީޙުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބާސެލޯނާ އިން މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ.

މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 37 ވަނަ މިނިޓުގައި ރަފީނިއާ ޖަހައިދިން ލަނޑުންނެވެ. ޕެޑްރީ ދިން ޕާހަކުން ރަފީނިއާ ޖެހި މި ލަނޑާއެކު އޭނާ ލީގުގައި ކުޅުނު ދެ މެޗުގައި ވަނީ ތިން ލަނޑު ޖަހާފައެވެ. މި މެޗުގައި ބާސެލޯނާ އިން ލަނޑު ޖެހުމުގެ ކުރިންވެސް އެ ޓީމަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އޭގެ ތެރޭގައި ލަމީން ޔަމާލްގެ އިތުރުން ރަފީނިއާއަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ނިކޯ ވިލިއަމްސް ފޮނުވާލި ނުރައްކާތެރި ހަމަލައެއް ގޯލުގެ ދަނޑި ކައިރިން ވަނީ ބޭރުވެފައެވެ. ބާސެލޯނާ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް ފާމިން ލޮޕޭޒް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.










ކިޔުންތެރިންގެ ހިޔާލު