ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

3،000 އަށްވުރެ ގިނަ ޒުވާނުންނަަށް 300 މިލިއަން ރުފިޔާގެ ލޯނުދޫކޮށްފި

BML
Maldivian_Ads
TTH_Ads
STO_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސްއާއި އެ ބޭންކުގެ ސަބްސިޑަރީ އެސްއެމްއީ ޑިޖިޓަލްއިން ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ތައާރަފުކުރި ލޯނު ސްކީމުގެ ދަށުން 3،000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއްގެ ލޯނު ދޫކޮށްފިއެވެ.

ބީއެމްެއެލްއާއި އެސްއެމްއީ ޑިޖިޓަލްއިން ނެރުނު ބަޔާނެއްގައި ވަނީ”ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ”ގެ ނަމުގައި ތައާރަފުކުރި ސްކީމަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްގެން ވިޔަފާރި ފެށުމަށާއި ވިޔަފާރިތައް ކުރިއެރުވުމަށް ފަރުމާކޮށްފައވާ ލޯނު ސްކީމެކެވެ.

މި އިސްނެގުމަށް ޒުވާނުންގެ ފަރާތުން މިފަދަ ބޮޑު ތަރުހީބެއް ލިބުނުކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުން އެމީހުންގެ އުފެއްދުންތެރި ހިޔާލުތައް ފައިދާހުރި ވިޔަފާރިތަކަކަށް ބަދަލުކުރުމުގައާއި، ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކޮށް ދިގުމުއްދަތުގެ ކާމިޔާބީ ހާސިލުކުރުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ތަރައްގީކުރުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚްރެއްވެސްމެ.

HajjCop_ads
Advertisement

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވިއެވެ.

“ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ” ސްކީމާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދްރުއްދީން ހަސަން ވިދާޅުވީ އެ ސްކީމަށް ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށާއި، ފުރަތަމަ ފިޔަވަހީގައި 3،000 އަށްވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވުމަކީ ލިބުނު ކާމިޔާބެއް ކަމަށެވެ. އަދި އުންމީދަކީ ދެން އޮތް ފިޔަވަހީގައި ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ސްކީމުގެ ދަށުން ލޯނު ލިބޭ ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެސްއެމްއީ ޑިޖިޓަލްއާައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން މެންޓާޝިޕާއި، ވިޔަފާރީގެ ތަމްރީނާއި ވިޔަފާރި ފޯމަލައިޒްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ.

ޔޫތު އޮންޓްރަޕްރިނިއަރޝިޕް  ފައިނޭންސިންގ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަނޑައަޅާފައިވާ ފަންޑެއްގެ ދަށުން އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. މި ޕްރޮގްރާމްގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ހުށަހެޅުމަށް 1 ނޮވެންބަރު 2026 ވަނަ ދުވަހު ހުޅުވައިލެވޭނެއެވެ. މިއީ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ހޯދުމަށާއި ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ޕްރޮގްރާމެއްކަމަށް ބީއެމްއެލްއާއި އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Resorts

ކޮޅުފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

Resorts

ތޮއްޑޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ޕޯލް ހަރުކުރުމުގެ މަސައްކަތް ފަށައިފި

Resorts

ހޯރަފުށްޓަށް 1000 ކިލޯވޮޓްގެ އާ ޖެންސެޓެއް ގެންގޮސްފި

WhatsApp Image 2026 08 27 at 16.40.49 (1)

ޓީޓީ ވެރިފިކޭޝަނާ ގުޅޭ އެމްއޯޔޫއެއްގައި ރާއްޖޭގެ ހުރިހާ ބޭންކުތަކާއެކު ކަސްޓަމްސް އިން ސޮއިކޮށްފި