ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެވަނަ ދައުރު ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް

Majlis
Maldivian_Ads
TTH_Ads
STO_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ.

މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ނިންމަން ޖެހެއެވެ. ނަމަވެސް މަޖިލީހުގައި ނުނިމި ގިނަ މަސައްކަތްތަކެއް ހުރުމުން އެ މުއްދަތު 2 ފަހަރަކު ވަނީ އިތުރުކޮށްފައެވެ. އެންމެފަހުން މުއްދަތު އިތުރުކުރީ، މިމަހުގެ 27ވަނަ ދުވަހާ ހަމައަށެވެ.

މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ. ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ، ފެބްރުވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ދެވަނަ ދައުރު ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު، ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.

HajjCop_ads
Advertisement

މަޖިލީހުގެ ދައުރު ހަމަވި ނަމަވެސް މިމުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ އެ ދައުރެއްގެ މުއްދަތު އިތުރު ކުރެއެވެ. މިގޮތަށް ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސް ކޮށްގެންނެވެ. މިއަހަރުގެ ފުރަތަމަ ދައުރުގައި މަޖިލިސް ޗުއްޓީއަށް ނުދެއެވެ. މުހިންމު މަސައްކަތްތަކެއް ހުރުމުން ފުރަތަމަ ދައުރުގެ ޖަލްސާތައް ދަންމާލައި، ދެވަނަ ދައުރު ފަށާފައިވަނީ އެ ޖަލްސާތައް ނިމުނު ހަފުތާއަށްފަހު ޗުއްޓީއަށް ނުގޮސް ތިއްބައެވެ.

ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ މިއަހަރުގެ 3ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ، އޮކްޓޯބަރު މަހުގައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

islands

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާގުޅޭ ބިލު މަޖިލީހުން ފާސްކޮށްފި

ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

Majlis

ކުށްކޮށްގެން ހޯދާ މުދާ ދަޢުލަތަށް ނެގުމާގުޅޭ ބިލު މަޖިލީހަށް

HQl2y0ubIAARYWA

އައި.އެސް.ސީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ކެމްބޯޑިއާއަށް