ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެހެން މީހެއްގެ ސެކިއުރިޓީ ފާސް އަޅައިގެން އެއާޕޯޓަށް ވަންނަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

velana airport VIA
Maldivian_Ads
TTH_Ads
STO_Ads
Advertisement

އޭވިއޭޝަން ސެކިއުރިޓީން އެހެން މީހަކަށް ދޫކޮށްފައިވާ ފާހެއް ބޭނުންކޮށްގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ސަލާމަތީ ސަރަހައްދަށް ވަންނަން މަސައްކަތްކުރި އިންޑިއާ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިދީފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ އުމުރުން 45 އަހަރުގެ ސަންޖީވާ ރެއްޑީ ޔެލްމާ ނަމަކަށް ކިޔާ އިންޑިއާ މީހެކެވެ.

ކުރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ވާގޮތުން، ސަންޖީވާ ގަވާއިދާ ހިލާފަށް އެއާޕޯޓުގެ ތެރެއަށް ވަންނަން އުޅުނީ އިރުމަތީ ފަރާތު 51 ނަންބަރު ގޭޓުންނެވެ. އޭނާ އެތެރެއަށް ވަނުމަށް ބޭނުންކުރީ އެހެން ބިދޭސީއަކަށް އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ދޫކޮށްފައިވާ އެކްސެސް ފާހެކެވެ.

HajjCop_ads
Advertisement

މީގެއިތުރުން، އެ ފާސް ނިސްބަތްވާ މީހާގެ ވޯކް ވިސާ މިހާރު ވަނީ ބާތިލުކޮށްފައި ކަމަށްވެސް އަމުރުގައި ބުނެފައިވެއެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސަންޖީވާ ބުނީ، އޭނާ އެއާޕޯޓަށް ވަންނަން ގެންގުޅުނު ފާހަކީ އޭނާ މަސައްކަތްކުރާ ތަނުގެ “ބޮސް” ދިން ފާހެއް ކަމަށެވެ.

ނަމަވެސް، ހުއްދަނެތި ތަނަކަށް ވަންނަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އޭނާއާ ދެކޮޅަށް ކޮންމެވެސް މިންވަރަކަށް ހެކި ހުރުމުންނާއި، އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

airport

ވީ.އައި.އޭ އިން އެއް ދުވަހެއްގެ ތެރޭގައި 114 ޓަނުގެ އެއާ ކާގޯ އެކްސްޕޯޓްކޮށް ރެކޯޑެއް ގާއިމުކޮށްފި

velana-seaplane-check-in

އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުންކުރަން ފަށައިފި

990

އެއާޕޯޓުން ޑޮލަރު ފޭރުނު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

900

ބީއެމްއެލްގެ ލައްކައަކަށްވުރެ ގިނަ ޑޮލަރު ފޭރިގަތުމަށްފަހު ލޯންޗެއްގައި ފުރައިގެން ވަނީ ގޮސްފައި!