ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިހެއުމުގެ ޗުއްޓީ ނެގުމުން މުސާރައިގެ ކުރިއެރުން ލަސްވާ މައްސަލައަށް ސިވިލް ސާވިސް ކޮމިޝަނުން ހައްލެއް ހޯދައިދީފި

43
Maldivian_Ads
STO_Ads
TTH_Ads
Advertisement

ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނެގުމުގެ ސަބަބުން މުސާރައިގެ ކުރިއެރުން ނުލިބި ލަސްވާ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލަށް ސިވިލް ސާވިސް ކޮމިޝަނުން މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އާންމުކުރި ސާކިއުލާގައިވާ ގޮތުން، މުސާރައިގެ ކުރިއެރުން ދިނުމުގައި ސަމާލުކަންދޭންޖެހޭ އެހެނިހެން ކަންތައްތައް ބަޔާންކުރާ ތިންވަނަ މާއްދާއަށް ވަނީ ޖުމްލަ ހަ އިސްލާހެއް ގެނެސްފައެވެ. އެގޮތުން، މުސާރައިގެ ކުރިއެރުން ދިނުމުގައި ވިދިވިދިގެން ދެ އަހަރު ޕާފޯމަންސް އެޕްރައިޒަލްއިން އަށްޑިހަ ފަހެއް އިންސައްތަ މާކްސް ހޯދަންޖެހޭ ނަމަވެސް، ވިހެއުމުގެ ޗުއްޓީ ނުވަތަ ސަސްޕެންޝަން ފަދަ ދިގު މުއްދަތަކަށް ވަޒީފާއަށް ނުނިކުމެވޭ ހާލަތެއް މެދުވެރިވެގެން އަހަރުގެ ޕާފޯމަންސް އެޕްރައިޒަލްއަށް ބަލާ ނުވަދިހަ ދުވަސް ހަމަނުވާ ނަމަ، އެ އަހަރު ނުހިމަނައި، މެދުކެނޑުމަކަށް ފަހުވެސް ދެ އަހަރުގެ އެޕްރައިޒަލްއިން އަށްޑިހަ ފަހެއް އިންސައްތަ މާކްސް ހޯދައިފި ނަމަ ކުރިއެރުން ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

މީގެ އިތުރުން، މުވައްޒަފަކު މަސައްކަތްކުރާ އިދާރާ ބަދަލުވާއިރު އަހަރު ނިމޭއިރު އެއްވެސް އިދާރާއެއްގައި ނުވަދިހަ ދުވަސް ހަމަނުވާ ނަމަ، ދެ އިދާރާގައި މަސައްކަތްކުރި ޖުމްލަ މުއްދަތު އެއްކޮށްލެވޭނެ ގޮތަށްވެސް އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ. ނަމަވެސް، މުސާރައިގެ ކުރިއެރުން ދިނުމަށް އެއްފަހަރު ބޭނުންކޮށްފައިވާ ޕާފޯމަންސް އެޕްރައިޒަލްއެއް ދެވަނަ ފަހަރަށް ބޭނުން ނުކުރެވޭނެ ކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުގެ ސާކިއުލާގައި ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ.

HajjCop_ads
Advertisement

މި އުސޫލަށް ބަދަލު ގެނެސްފައި މިވަނީ، ވިހެއުމުގެ ޗުއްޓީ ނެގުމުން ނުވަދިހަ ދުވަސް ހަމަނުވެ، ސްޓެޕް ޕްރޮމޯޝަން ލިބުމުގައި ދަތިތަކާ ކުރިމަތިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މަރިޔަމް ޝިފާނާ ހުސެއިން އިސްވެ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށެވެ. އެއްހާސް ތިންސަތޭކައަށްވުރެ ގިނަ މީހުން ސޮއިކޮށް ހުށަހެޅި މި ޕެޓިޝަނުގައި ބުނެފައިވަނީ، ވިހެއުމުގެ ޗުއްޓީއަކީ އަންހެނުން ބާރުވެރިކުރުވުމާއި އާއިލީ ދުޅަހެޔޮކަމަށް ދެވޭ ވަރަށް މުހިންމު ޗުއްޓީއެއް ކަމަށެވެ. ނަމަވެސް، ޗުއްޓީ ނެގުމުން މުސާރައިގެ ކުރިއެރުން ލަސްވާ ނަމަ، އެ ޗުއްޓީގެ ފުރިހަމަ މަގުސަދު ހާސިލުކުރުމަށް ގޮންޖެހުންތައް ކުރިމަތިވެ، މަސައްކަތުގެ މާހައުލުގައި އުޅޭ މައިންނަށް މާޔޫސްކަން ކުރިމަތިވާނެ ކަމަށް އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އެލްޖީއޭގެ މުވައްޒަފުން ސީއެސްސީގެ ދަށަށް ބަދަލުކުރަން ފާސްކޮށްފި