ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ސްޕެއިންގެ ފޯވާޑް، ފެރާން ޓޮރޭސް ޖެހި ދެ ގޯލާ އެކު، 2-2 އިން ރެންއާ އެއްވަރުވެއްޖެއެވެ.

50 މިލިއަން ޔޫރޯ އަށް ބާސެލޯނާއިން ގެނައި ފޯވަޑް ކުޅެން ނުކުތީ ދެ ލަނޑުން ޓީމު ފަހަތަށް ދިއުމުން ޕީއެސްޖީގެ ތަރި އޮސްމާނޭ ޑެމްބެލޭގެ ބަދަލުގައި ފަހު ހާފުގަ އެވެ. އަދި އޭނާ ވަނީ ދެ ގޯލު ޖަހައިގެން ރޭން އަތުން ޕީއެސްޖީ ބަލިވިޔަ ނުދީ ސަލާމަތް ކޮށްދީފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ފެރަން ޓޮރޭޒް ބުނީ އޭނާއަށް ހިތްވަރު ލިބުނީ ދަނޑަށް އަރަން ހިނގައިގަތުމާއެކު ކޯޗު ލުއިސް އެންރިކޭ ދިން އިރުޝާދުން ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު
ކޯޗުގާތުގައި ބުނީ ވޯލްޑް ކަޕް ފައިނަލްގައި ކުރި ކަންތައް ކުރާށޭ. އަހަރެންނަށް ވާނެއޭ. އަހަރެންނަށް ވަރަށް ބޮޑަށް ހިތްވަރު ލިބުނު އެ ވާހަކަތަކާއެކު.

ސްޕޭނަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ލަނޑު ޖެހި ކުޅުންތެރިޔާ ބުންޏެވެ.

ކޯޗު އެންރީކޭ ވެސް ވަނީ މެޗަށް ފަހު ފެރަން އަށް ތައުރީފް ކޮށްފައެވެ.

ފެރަން ޓޮރޭޒްގެ މުހިންމުކަން މި މެޗުގައި ފެނިގެން އެދިޔައީ. އަހަރުމެން ބޭނުންވަނީ މި ގޮތުގައި އޭނާ ކުރިއަށްދާން. އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް.

ޕީއެސްޖީގެ ކޯޗު ބުންޏެވެ.