ހއ. އުލިގަމުގައި އިމިގްރޭޝަން އޮފީސް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން ބުނީ ކޮލަމް ކޮންކްރީޓް ކުރުމުގެ މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް އަމަލީ މަސައްކަތް ކުރާ ސައިޓުގައި މިހާރު ދަނީ ކުރިއަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 27 މާޗް 2025 ގައެވެ.

އުލިގަމަކީ ގިނަ އަދަދެއްގެ ޔޮޓުތައް ބަނދަރުކުރާ ރަށަކަށްވާތީ، އެ ރަށަށް އަންނަ ފަތުރުވެރިންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އިމިގްރޭޝަނަށް ހާއްސަ އޮފީހެއް އިމާރާތްކުރުމަކީ އެ ހިދުމަތް އިތުރަށް ހަރުދަނާވެ، ފުޅާވެގެންދާނެ ކަމެކެވެ.
މި މަޝްރޫއު ނިމުމުން އެ ރަށުގައި ދެވޭ އިމިގްރޭޝަން ހިދުމަތްތަކުގެ ފެންވަރު މަތިވެ، އޮޕަރޭޝަނަލް ދާއިރާ ފުޅާވުމުގެ އިތުރުން ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު