ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިމުނު އަހަރު އެމްޓީސީސީއަށް 2.1 ބިލިއަނުގެ އާމްދަނީއެއް

STO_Ads
Maldivian_Ads
TTH_Ads
Advertisement

ފާއިތުވި 2025 ވަނަ އަހަރު އެމްޓީސީސީއަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުމާއެކު ޖުމްލަ ސާފު ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 42 މިލިއަން ރުފިޔާ ލިބުނުކަން އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އެ ކުންފުނިންވަނީ 2025 ވަނަ އަހަރުގެ ހުރިހާ ކުއާޓާއެއްގެ މާލީ ހިސާބުތައް އާއްމުކޮށްފައެވެ. އެ ހިސާބުތަކަށް ބަލާއިރު ނިމުނު އަހަރު އެމްޓީސީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެ އަހަރުގެ ފަހު ކުއާޓާގައެވެ. އެ ކުއާޓާގައި ޖުމްލަ 724.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެމްޓީސީސީއަށް ލިބުނީ 418.4 މިލިއަން ރުފިޔާއެވެ. އަދި ދެވަނަ ކުއާޓާގައި 490.3 މިލިއަން ރުފިޔާ އަދި ތިންވަނަ ކުއާޓާގައި 501.1 މިލިއަން ރުފިޔާއެވެ. އެހެންކަމުން ތިންވަނަ ކުއާޓާއާ އަޅާބަލާއިރު އަހަރުގެ ފަހު ކުއާޓާގައި ލިބުނު އާމްދަނީ 45 އިންސައްތަ އިތުރުވިއެވެ.

HajjCop_ads
Advertisement

އަދި މި ހިސާބުތަކަށް ބަލާއިރު މުޅި އަހަރު އެމްޓީސީސީއަށް ޖުމްލަ 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. ނަމަވެސް 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ފައިދާނުވެއެވެ.

ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާގައި 418.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަަވެސް، އެ ކުއާޓާގައި 62.1 މިލިއަން ރުފިޔާއިން ގެއްލުންވިއެވެ. މައިގަނޑު ގޮތެއްގައި ގެއްލުންވީ ކުންފުނީގެ އެކި ހަރަދުތައް ބޮޑުވުމުގެ ސަބަބުންނެވެ.

ޖެހިގެންއައި ތިން ކުއާޓާގައި ކުންފުނީގެހަރަދުތައް ކުޑަކުރުމާއެކު އާމްދަނީ އިތުރުކުރުމުގެ ސަބަބުން ދެވަނަ ކުއާޓާގައި 27.9 މިލިއަން ރުފިޔާ އަދި ދެވަނަ ކުއާޓާގައި 13.3 މިލިއަން ރުފިޔާ އަދި ފަހު ކުއާޓާގައި 62.8 މިލިއަން ރުފިޔާއިން ފައިދާވިއެވެ. އެ ކުންފުންޏަށް މި ތިން ކުއާޓާގައި ލިބުނު ފައިދާއިން ފުރަތަމަ ކުއާޓާގެ ގެއްލުން އުނިކުރުމުން މުޅި އަހަރު 42.03 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބޭނެއެވެ.

މި ތިން ކުއާޓާގައި ވިޔަފާރީގެ ފައިދާގެ ޓެކުހުގެ ގޮތުގައި އެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާއަށް ބަލާއިރު، ދެވަނަ ކުއާޓާގައި 4.9 މިލިއަން ރުފިޔާ އަދި ތިންވަނަ ކުއާޓާގައި 2.3 މިލިއަން ރުފިޔާ އަދި ފަހު ކުއާޓާގައި 6.2 މިލިއަން ރުފިޔާއާއެކު ޖުމްލަ 14 މިލިއަން ރުފިޔާ ގާތްކުރާ އަދަދެއް ޓެކުހުގެ ގޮތުގައި ދައްކަަންޖެހެއެވެ.

2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި އެމްޓީސީސީއަށް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިމާރާތްކުރުމާއި ބިން ހިއްކުމުގެ ދާއިރާއިންނެވެ. އެ ދާއިރާއިން 589.4 މިލިއަން ރުފިޔާ އަދި ދަތުރުފަތުރުގެ ދާއިރާއިން 38.3 މިލިއަން ރުފިޔާ އަދި ގަނެވިއްކުމުގެ ވިޔަފާރިތަކުން 92.07 މިލިއަން ރުފިޔާ އަދި އެހެނިހެން ގޮތްގޮތުން 4.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mtcc

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ސާފު ފައިދާ 69 މިލިއަން ރުފިޔާއަށް އަރައިފި

WhatsApp Image 2026 08 20 at 10.21.43

ދަނގެތީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދަނީ

WhatsApp Image 2026 08 20 at 14.47.14

ބ. މާޅޮހު އާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 08 20 at 11.02.23

އެމްޓީސީސީ ހިޔާ މަޝްރޫއަށް ބިމެއް ހަމަޖެއްސުމަށް އެޗްޑީސީއާއެކު މަޝްވަރާކޮށްފި