ބ. މާޅޮހުގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ މިސްކިތުގެ ތަނބުތަކުގެ މަސައްކަތާއި ފުރާޅުގެ ބީމްތަކުގެ ޝަޓަރިންގާއި ރީއިންފޯސްމަންޓް މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއުގެ ތެރެއިން މިސްކިތުގެ އަމަލީ މަސައްކަތްތައް ހިނގަމުންދާއިރު، އިމާރާތުގެ އޮނިގަނޑު ވަރުގަދަކުރުމުގެ ގޮތުން ކޮންކްރީޓް ތަނބުތަކުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އަދި ފުރާޅު އެޅުމަށް ބޭނުންވާ ބީމްތަކުގެ ދަގަނޑު އެއްސުމާއި ފޯމްވޯކް އެޅުމުގެ މަސައްކަތްތައްވެސް ދަނީ ހިންގަމުންނެވެ.

އިޝްތިހާރު އިޝްތިހާރު

މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަޝްރޫއުގެ ސަބަބުން މާޅޯހުގެ އާބާދީއަށް ނަމާދުކުރުމަށް އެކަށީގެންވާ ޖާގައެއް ލިބިގެންދާނެއެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 10.75 މިލިއަން ރުފިޔާއަށް 365 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.