އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 11 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ)ގެ ޕްލެޓިނަމް ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އިން 31ގެ ނިޔަލަށެވެ.
ބީއެމްއެލުން ބުނީ 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އައިސީއައިއޭ އަކީ އިލްމީ މައުލޫމާތު ބަދަލުކުރުމާއި އިލްމީ ބަހުސްތައް ކުރުމުގެ އިތުރުން ހެކީގެ މައްޗަށް ބިނާކޮށް ކުރެވޭ އަމަލީ މަސައްކަތްތައް ރާއްޖޭގައި އިތުރުކުރުމަށް ފުރުސަތު ހުޅުވާލަދޭ މުހިންމު ޕްލެޓްފޯމެއް ކަމަށެވެ.

ދިރާސާކުރުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެއްބާރުލުންދީ، ރާއްޖޭގެ ތައުލީމީ އަދި ދިރާސާގެ ނިޒާމު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސް އަބަދު ވެސް ދެމި އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.








ކިޔުންތެރިންގެ ހިޔާލު