ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްވެރިކަމުގެ ސިނާޢަތާ ގުޅުންހުރި މަޝްރޫޢުތައް އަވަސްކުރަން މަޝްވަރާކުރައްވައިފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

މަސްވެރިކަމުގެ ސިނާޢަތާ ގުޅުންހުރި މުހިންމު މަޝްރޫޢުތަކުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމާ ގުޅޭގޮތުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، އެމްޓީސީސީގެ ސީއީއޯ ޑީސީޕީ (ރިޓަޔާރޑް) އަޙްމަދު ސަޢުދީ އަދި މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ، ސަރުކާރުން މަސްވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށްޓަކައި މިހާރު ފަށާފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ނިންމުމަށް ހުރި ހުރަސްތައް ދެނެގަނެ އެކަންކަން ޙައްލުކުރުމެވެ. އެގޮތުން ކަމާގުޅޭ މުއައްސަސާތައް ގުޅިގެން މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައި، އެކަންކަން އިތުރަށް އަވަސްކުރުމަށް ކުރެވެންހުރި ކަންކަމާމެދު ވަނީ ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައެވެ.

މިގޮތުން، ގާފުދާލު ތިނަދޫގައި ތަރައްޤީކުރާ ކޯލްޑް ސްޓޯރޭޖާއި އެރަށު ބަނދަރުގެ މަސައްކަތްތަކުގެ އިތުރުން ހާއަލިފު އިހަވަންދޫ ކޯލްޑް ސްޓޯރޭޖްގެ ބަނދަރު ހެދުމުގެ މަސައްކަތް އަވަސްކުރުމަށް މި ބައްދަލުވުމުގައި ޚާއްޞަ އިސްކަމެއް ދެއްވައިގެން ވާހަކަދެކެވުނެވެ. މީގެ އިތުރުން ގާފުއަލިފު ކޫއްޑޫ އަދި ސީނު ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް ކުރިއަށް ގެންދިއުމަށްޓަކައި އެމްޓީސީސީއާއި މިފްކޯ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

HajjCop_ads
Advertisement

މަސްވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް މިހާރުވެސް ދަނީ ކުރިއަށެވެ. މި މަޝްރޫޢުތައް ނިމުމުން، މަސްވެރިން ބާނާ މަސް ކިރުމުގައާއި ރައްކާތެރިކަމާއެކު ގިނަ ދުވަހު މަސް ގަނޑުކޮށްފައި ބެހެއްޓުމަށް މިހާރު ދިމާވަމުންދާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ކަމާބެހޭ ފަރާތްތަކުން އުންމީދުކުރެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 10 15 at 15.58.36

ގާދިއްފުށީ ސްކޫލުގެ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

Original

މުރައިދޫ ޕޮލިސް ޕޯސްޓުގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތްތައް ކުރިއަށް

WhatsApp Image 2026 10 14 at 20.07.33

ދ. މީދޫ ޕޮލިސް ސްޓޭޝަންގެ މައި އިމާރާތުގެ މަސައްކަތް ކުރިއަށްއެބަދޭ: އެމްޓީސީސީ

Qw

އާރުޑީސީގެ ހިންގުން އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީއާ ހަވާލުކޮށްފި