ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޯގަސްޓް 27 އަށް ދައުރު ދަންމާލަން ފާސްކޮށްފި

Majlis
TTH_Ads
STO_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ، މިހިނގާ މިއަހަރުގެ ދެވަނަ ދައުރު މި އޯގަސްޓް މަހުގެ 27 އަށް ދަންމާލަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

މުހިއްމު މަސައްކަތްތައް މަޖިލީހުން ނިންމަން އެބަހުރި ކަމަށް ވިދާޅުވެ ދައުރު ދަންމާލަން ރައްޔިތުންގެ މޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވުމުން ދައުރު ދަންމާލަން ވޯޓު ދެއްވީ، ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ. އިދިކޮޅު އެމްޑީޕީގެ ނުވަ މެންބަރުން ވޯޓު ދެއްވީ ދައުރު ދަންމާލަން ނުފެންނަ ކަމަށެވެ.

މިއީ މަޖިލީހުގެ މި ދައުރު ދަންމާލަން މަޖިލީހުން ފާސްކުރި ދެވަނަ ފަހަރެވެ.

HajjCop_ads
Advertisement

މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގެ ދެވަނަ ދައުރު ކުރިއަށްދާނީ، ޖޫން މަހުގެ އެކަކުން ފެށިގެން މި ހިނގާ އޯގަސްޓް ކަމުގެ 15 ގެ ނިޔަަލަށެވެ.

ނަމަވެސް މުހިއްމު މަސައްކަތްތަކެއް މަޖިލީހުގައި ހުރުމުން އެކަންކަން ނިންމުމަށްޓަކައި އެ މުއްދަތު މިމަހު 20 އަށް ދަންމާލަން މިމަހުގެ 12 ވަނަ ދުވަހުވެސް މަޖިލީހުން ފާސްކުރިއެވެ.

އެދުވަހުގެ ޖަލްސާގައި ނެގި ވޯޓުގައި، ދައުރު ދަންމާލަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 58 މެންބަރުގެ އަގުލަބިއްޔަތުންނެެވެ.

ގާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އަހަރެއްގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް، ބެހިގެންވާނީ ތިން ދައުރުގެ މައްޗަށެވެ.

އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިންވަނަ ދައުރު، އަހަރުގެ އެންމެ ފަހު ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.

މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތައް ބެހިގެންވާ ތިން ދައުރުގެ ތެރެއިން، ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވާނީ، އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހުއެވެ. އެ ދައުރު ނިމޭ ޖަލްސާ ބާއްވާނީ އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ދުވަހު ނުވަތަ ހޯމަ ދުވަހުއެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދުގައި މިގޮތަށް ކަނޑައަޅާފައިވީ ނަމަވެސް މަޖިލިސް ޖަލްސާއިން ފާސްކޮށްގެން ދައުރު ދައްމާލުމުގެ ބާރު މަޖިލީހަށް ލިބިގެންވެއެވެ.

އެގޮތުން މަޖިލީހުން ފާސްކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަކަ ދައުރުވެސް ކުރިއަށް ގެންދިޔަރީ މެއި މަހުގެ 31 ހުގެ ނިޔަލަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Majlis

ސައުދީ އިސްވެ އުފެއްދި ކަނޑުގެ ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން މަޖިލީހުގެ ރުހުން ދީފި

Big cgiCfHA9nnm4jNikTlNX6ct8R

ކުންފުނިތަކުން ވަކިކުރާ މުވައްޒަފުން ވިޔަފާރި ފަށަން ޚާއްޞަ ފަންޑެއް

Hassan

މަޖިލީހަށް ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަން ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން އާންމު ކޮމިޓީން ފާސްކޮށްފި

Big zoNrSpolIr9p93U1u52P3i3Fd

ގަނޑުކޮށް ކޮތަޅު ވިއްކާއިރު ފީ ނެގުން ހުއްޓާލަން މަޖިލީހުން ފާސްކޮށްފި