އދ. ދިއްދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑުކުރުމަށް ބޭނުންވާ އައު ޢިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތްތައް ފަށައިފިއެވެ.
އެމްޓީސީސީން ބުނީ ދިއްދޫ ސިއްޙީ މަރުކަޒު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ޢިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ. އދ.ދިއްދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހއެވެ. މި އިމާރާތުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އދ.އަށް ކުރެއްވި ދަތުރުފުޅުގެތެރެއިން ދިއްދުއަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢުގެ ދަށުން 4600 އަކަފޫޓުގެ ސަރަޙައްދެއްގައި އިމާރާތްކުރުމާއި، ވަށާ ފާރު ރޭނުމާއި ޕޯޓިކޯއެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 13 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 9 މަސް ދުވަހެވެ.

މިއިމާރަތަކީ ދިއްދޫގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.








ކިޔުންތެރިންގެ ހިޔާލު