ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅުދުއްފުށީ ހޮސްޕިޓަލާއި ގުޅޭގޮތުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް!

kulhudufushi hospital
STO_Ads
TTH_Ads
Advertisement

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ މެނޭޖްމަންޓާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ތަންދޮރު ނުދަންނަ މީހަކު ދޮގު މަޢުލޫމާތު ފަތުރައި، ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަށް އިންޒާރު ދެމުންދާ މައްސަލަ އެ ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމައާ ގުޅޭގޮތުން ހިނގައިދިޔަ ކަމަށް ބުނާ ހާދިސާއަކާ ގުޅުވައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގަދަކަމުން އެ ކުއްޖާ މަންމަގެ އަތުން އަތުލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ހަގީގަތާ ޚިލާފު ވާހަކަތަކާއި ތުހުމަތުތަކެއް ފަތުރަމުންނެވެ.

މި މައްސަލައަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިހާރު ތަޙުޤީޤު ކުރަމުންދާ މައްސަލައަކަށްވާތީ، އެ ތަޙުޤީޤަށް ބޭނުންވާ އެންމެހައި މަޢުލޫމާތާއި ފުރިހަމަ އެއްބާރުލުން ހޮސްޕިޓަލުގެ ފަރާތުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

HajjCop_ads
Advertisement

ހޮސްޕިޓަލުން ފާހަގަކުރި ގޮތުގައި، އެއްވެސް ޙަޤީޤަތެއް ބެލުމެއްނެތި ސޯޝަލް މީޑިއާގައި މިފަދަ ދޮގު ވާހަކަތައް ފަތުރަމުންދަނީ އެކަމުގެ ނާޖާއިޒު ފައިދާއެއް ހޯދުމުގެ ނިޔަތުގައެވެ. އަދި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި، އަސާސީ ޙައްޤުތަކަކަށް އަރައިގަނެފައިވާ ކަމަށް ކުރެވޭ މިފަދަ ނާޒުކު ތުހުމަތުތަކަކީ ޤާނޫނީ އަދި ތަޙުޤީޤީ އިދާރާތަކުގެ ތެރެއިން ބަލައި ޙައްލުކުރަންޖެހޭ ކަންކަން ކަމަށްވާތީ، އަމިއްލަ ލަފާތަކާއި ދޮގު މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، މި ހާދިސާއާ ގުޅުވައިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީއީއޯ އަލްފާޟިލާ ނާޒިމާ ޢަލީއަށް އަމާޒުކޮށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިންޒާރުދީ، ބަދުބަސް ބުނެ، ރިޝްވަތު ނެންގެވި ކަމަށް ބުނެ ދޮގު ތުހުމަތުތައް އަޅުވަމުންދާތީ އެކަމާ މެދު ހޮސްޕިޓަލުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސީއީއޯއަށް އަނިޔާއެއް ދޭނެކަމުގެ އިންޒާރު ދިނުމާއި، ބިރުދެއްކުމާއި، ފުރައްސާރަކުރުމާއި، ހަޑިހުތުރު ބަހުން މުޢާމަލާތްކުރުން އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.

މި ހާދިސާގައި ހިމެނޭ އަންހެނާގެ ޒާތީ މަޢުލޫމާތު ހާމަކޮށް އަންހެން މީހާ ފަޟީހަތްކޮށް، ކަމުގެ ހަގީގަތް ބެލުމެއްނެތި ދޮގު ފަތުރާ ހަދާފައިވާ އެކަކީ ނޫސްވެރިޔާ އައިދާއެވެ. އޭނާގެ މައްސަލަ މިނިސްޓްރީއިން ބަލާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް ވަނީ ލިބިފައެވެ. ރާއްޖޭގައި ގިނަ މީޑިއާތަކެއް ހިންގާއިރު، އިތުރު އެއްވެސް މީޑިއާއަކުންވެސް އިތުރު ނޫސްވެރިޔަކުވެސް މިފަދަ ވާހަކަތަކެއް ދައްކާ ހަދާތީ ނުފެނެއެވެ. މިކަމުގެ ދޮގު ފަތުރަނީ ކޮންމެވެސް އަމިއްލަ މަންފާއަކަށް ކަމަށް ބުރަވެވެން އެބައޮތެވެ.

އެހެންކަމުން، ސޯޝަލް މީޑިއާގައި ދައުރުވާ އަސްލެއްނެތް ވާހަކަތަކަށް ބުރަނުވެ، ރަސްމީ އިދާރާތަކުން ހާމަކުރާ ޞައްޙަ މަޢުލޫމާތަށް ބަރޯސާވުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ އެންމެހައި ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސޮލޭޝަން ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައު ޑައިލިސިސް ސެންޓަރު ހުޅުވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އައިނު ފިހާރައެއް ހުޅުވައިފި

dr Rameela

އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާގެ ނަން