ރައްޔިތުންގެ މަޖިލީހަށް ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅަށް އެހެން ޕެޓިޝަނެއް ހުށަހެޅުން މަނާކުރާ ޝަރުތު އުނިކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދަށް މި އިސްލާހު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސްއެވެ. މި ބަދަލާއެކު މަޖިލީހަށް ކުރިން ހުށަހަޅާފައިވާ ޕެޓިޝަނެއްގައިވާ ކަންކަމާ ދެކޮޅަށް ވެސް އިތުރު ޕެޓިޝަނެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
މަޖިލީހުގެ އާންމު ކޮމިޓީގައި ނެގި ވޯޓުގައި މި އިސްލާހު ފާސްކުރުމަށް ބައިވެރިވި 7 މެންބަރުން ތާއީދު ކުރެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. މި ބައްދަލުވުމުގައި މާއްދާގެ އަކުރުތައް ތަރުތީބު ކުރަން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އިސްލާހަށް އިސްދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަފީއު ތާއީދު ކުރެއްވިއެވެ.

މި ބަދަލު ގެނެސްފައި ވަނީ ކައުންސިލުތަކުގެ ބެލުމުގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ދޭ ބިލު އަނބުރާ ގެންދިއުމަށް އެދި ހުށަހެޅި ޕެޓިޝަން ތަޅުމަށް އެޖެންޑާ ކުރަން ނިންމާފައި ވަނިކޮށެވެ. އެ ބިލު ފާސްކުރުމަށް ތާއީދުކޮށް ވެސް ވަނީ މަޖިލީހަށް އިތުރު ޕެޓިޝަނެއް ހުށަހަޅައިފައެވެ.








ކިޔުންތެރިންގެ ހިޔާލު