ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަނޑުކޮށް ކޮތަޅު ވިއްކާއިރު ފީ ނެގުން ހުއްޓާލަން މަޖިލީހުން ފާސްކޮށްފި

Big zoNrSpolIr9p93U1u52P3i3Fd
STO_Ads
TTH_Ads
Advertisement

ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި، ގަނޑުކޮށް ކޮތަޅު ގަންނަ މީހުންގެ އަތުން ފީ ނުނަގާ ގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށައެޅި އިސްލާޙު މަޖިލީހުން ފާސްކޮށްފިއެވެ. އެ އިސްލާހު މަޖިލީހުން ފާސްކުރީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލުގައި ވަނީ، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމަށް ހިމަނާފައެވެ. ކުރިން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި 2 ރުފިޔާ ނެގުން އިސްތިސްނާ ވަނީ ވަކި ހާލަތްތަކެއްގައި އެކަންޏެވެ. އެހެންކަމުން މިހާރު ގެނައި އިސްލާޙުގެ ސަބަބުން ޕްލާސްޓިކް ކޮތަޅުން ނަގާފީން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެއެވެ.

ބިލުގައި ހިމަނާފައިވާ އިތުރު ކަންކަމަށް ބަލާއިރު، އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތު އެކުލަވާލުން ހިމެނެއެވެ. އަދި ކުނި މެނޭޖްކުރާއިރު ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާއި އެއްގޮތް ކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ނިޒާމް ފަރުމާކޮށް، ޤާއިމްކުރުމާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ. ހަމައެހެންމެ ކުނި މެނޭޖްކުރާ މަރުކަޒުތަކާއި ގުޅުންހުރި ބައެއް އިސްލާޙުތައް ބިލުގައި ހިމަނާފައިވެއެވެ. ކުނި މެނޭޖްކުރުމުގައި ބޭނުންކުރާ ވަސީލަތްތައް ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވީ، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒްއެވެ. އެ ބިލު ދިރާސާކުރީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންނެވެ. އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ، 65 މެމްބަރުންގެ ވޯޓާއެކު އޮގަސްޓް 12ވަނަ ދުވަހުއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Majlis

އޯގަސްޓް 27 އަށް ދައުރު ދަންމާލަން ފާސްކޮށްފި

Majlis

ސައުދީ އިސްވެ އުފެއްދި ކަނޑުގެ ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން މަޖިލީހުގެ ރުހުން ދީފި

Big cgiCfHA9nnm4jNikTlNX6ct8R

ކުންފުނިތަކުން ވަކިކުރާ މުވައްޒަފުން ވިޔަފާރި ފަށަން ޚާއްޞަ ފަންޑެއް

Hassan

މަޖިލީހަށް ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަން ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން އާންމު ކޮމިޓީން ފާސްކޮށްފި