ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖުލައި މަހުގެ ރަސްމީ ރިޒާވް 638 މިލިޔަން ޑޮލަރަށް

MMA
STO_Ads
TTH_Ads
Advertisement

ޖުލައި މަހުގެ ރަސްމީ ރިޒާވު 638 މިލިޔަން ޑޮލަރަށް އަރާފައިވާކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކުރި ރިޒާވް ޑޭޓާ ޓެމްޕްލޭޓަށް ބަލާއިރު މިދިޔަ ޖުލައިމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވު ހުރީ 638.03 މިލިޔަން އެމެރިކާ ޑޮލަރުގައެވެ. މިއީ އޭގެ ކުރީ މަސް ނިމުނުއިރު ރަސްމީ ރިޒާވުގައި ހުރި 686.83 މިލިޔަން ޑޮލަރާއި އަޅާ ބަލާއިރު 48.8 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 136.47 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ.

ރަސްމީ ރިޒާވުގައި ހުރި މިންވަރު ދަށްވެފައިވާއިރު، ބޭނުންކުރެވޭ ރިޒާވުގައި ހުރި މިންވަރުވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 221.8 މިލިޔަން އެމެރިކާ ޑޮލަރެވެ. އޭގެ ކުރީ މަހު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 248.9 މިލިޔަން ޑޮލަރެވެ. އެހެންކަމުން މިއީ 27.1 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. 2026 ވަނަ އަހަރުގެ މާރިޗު މަހު ރިޒާވް 1.3 ބިލިޔަން ޑޮލަރުގައި ހުރުމަށްފަހު، މިހާރު 638.03 މިލިޔަން ޑޮލަރަށް ދަށްވެފައިވުމުގެ މައިގަނޑު ސަބަބަކީ އޭޕްރީލް މަހު ދެއްކި ބޮޑެތި ދަރަނިތަކެވެ. އެގޮތުން އޭޕްރީލް މަހު ކުރީގެ ސަރުކާރުން ނަގާފައިވާ 524.68 މިލިޔަން ޑޮލަރުގެ ސުކޫކު އަނބުރާ ދައްކައި ހަލާސްކޮށްފައިވެއެވެ.

HajjCop_ads
Advertisement

މިދަރަނި އަދާކޮށްފައި ވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް އޭޕްރީލް މަހުގެ ތެރޭގައި އަނބުރާ ދައްކާފައިވެއެވެ. މިފަދަ ބޮޑެތި ދަރަނިތައް އަދާކުރުމަކީ ރިޒާވްގެ މިންވަރަށް މި އަހަރުގެ ތެރޭގައި ބޮޑު ބަދަލެއް އައިސްފައިވާ މައިގަނޑު ސަބަބެވެ.ބޭރުފައިސާގެ ޤާނޫނުގެ ދަށުން، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭއިރު، ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން %90 ޑޮލަރު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކާނެއެވެ. މީގެ ތެރެއިން ބައެއް އާންމުންގެ ބޭނުންތަކަށް ދޫކުރުމަށް އެމްއެމްއޭއިން ބޭންކުތަކަށް ވިއްކާއިރު، އޭގެ ބައެއް ރިޒާވް ހަރުދަނާ ކުރުމަށް ބޭނުންކުރެއެވެ.

މިގޮތުން، ޖުލައި މަހަކީ އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ އެމްއެމްއޭއިން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވި މަހެއް ކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން، އެމްއެމްއޭއިން ޖުލައި މަސް ތެރޭގައި ދަތުރުފަތުރާއި، ބޭސްފަރުވާއާއި، އުމްރާގެ ދަތުރުތަކަށް ޑޮލަރު ވިއްކި މިންވަރުވަނީ ޖޫންމަހާއި އަޅާބަލާއިރު %172 އިން އިތުރުވެފައެވެ.

މި ސިޔާސަތުގެ ތެރެއިން، އާންމު އުސޫލުގެ ދަށުން ކޮންމެ ހަފްތާއަކު އެމްއެމްއޭއިން ބޭންކުތަކަށް ވިއްކަމުންދާ ބޭރު ފައިސާއާއި އަޅާބަލާއިރު، %51 އިތުރު އަދަދެއް ވިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޒަކާތުގެ ޤާނޫނު ޢަމަލުކުރަން ފެށުމާއެކު ޒަކާތު ހައުސް ޤާއިމުކުރަށްވައިފި

MMA

ދައުލަތުގެ ޖުމުލަ އާމްދަނީ 8.9 ބިލިއަން ރުފިޔާއަށް އިތުރުވެވެޖެ

121

ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ބޭރު ފައިސާގެ މިންވަރު ފަސް ޕަސަންޓަށް ދަށްކޮށްފި