ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޝުއަރެންސްގެ އާންމު މާއްދާތަކާއި ރިސްކުތަކާ ބެހޭ ގަވާއިދަށް ޚިޔާލު ހުށަހެޅުމަށް އެމްއެމްއޭއިން ހުޅުވާލައިފި

mma
TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގެ އިންޝުއަރެންސްއާބެހޭ ގާނޫނު ތަންފީޒުކުރުމަށްޓަކައި ބޭނުންވާ މުހިންމު ދެ ގަވާއިދެއްގެ ދެލިކޮޕީއަށް އާންމުންގެ ޚިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ އިންޝުއަރެންސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 13/2025) ތަންފީޒު ކުރުމުގެ ގޮތުން އާންމުންގެ ޚިޔާލަށް ހުޅުވާލާފައިވަނީ ‘އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު’ އަދި ‘އިންޝުއަރެންސް (ޢާންމު މާއްދާތަކުގެ) ގަވާއިދު’ އެވެ. މި ދެ ގަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މި ދެ ގަވާއިދު ވެސް އެކުލަވާލާފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޝުއަރެންސް ކުންފުނިތަކާއި އެހެންވެސް ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށްފަހުގައި ކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ. އިންޝުއަރެންސްގެ ދާއިރާ ހަރުދަނާކޮށް، ގާނޫނީ އިމުގެ ތެރެއިން މި ކަންކަން ބެލެހެއްޓުމަށް މިފަދަ ގަވާއިދުތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

HajjCop_ads
Advertisement

މި ގަވާއިދުތަކަށް އެއްވެސް ޚިޔާލެއް ނުވަތަ ހުށަހެޅުމެއް ދޭން ބޭނުންވާ ފަރާތްތަކުން، އީމެއިލް މެދުވެރިކޮށް ޚިޔާލު ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން [email protected] އަށް އީމެއިލް ކޮށްގެން ޚިޔާލު ހުށަހެޅޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ޚިޔާލު ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚަކީ 18 އޮގަސްޓު 2026ގެ 13:00ގެ ކުރިއެވެ. މި މުއްދަތުގެ ކުރިން ހުށަހަޅާ ޚިޔާލުތަކަށް ބެލުމަށްފަހު ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށް އޮތޯރިޓީން މައުލޫމާތުދެއެވެ.
މި ގަވާއިދުތަކުގެ ފުރިހަމަ މައުލޫމާތާއި ދެލިކޮޕީތައް އާންމުކޮށް ފެންނާނެހެން ވަނީ އާންމުކޮށްފައެވެ. މިގޮތުން އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު https://tinyurl.com/RisksinMaldives ގެ ލިންކުން ލިބެން ހުންނާނެއެވެ. އަދި އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދު https://tinyurl.com/Gen-Provisions ގެ ލިންކުން ބަލައިލެވޭނެއެވެ.

ދިވެހިރާއްޖޭގެ އިންޝުއަރެންސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 13/2025) އަކީ ރާއްޖޭގެ އިންޝުއަރެންސް ސިނާއަތް ރެގިއުލޭޓް ކުރުމަށާއި، މި ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި އާންމުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ތަންފީޒުކުރަމުންދާ މައިގަނޑު ގާނޫނެކެވެ. މި ގާނޫނުގެ ދަށުން މާލީ ދާއިރާގެ ބާރުތައް ލިބިދީފައިވާ މައި އިދާރާ ކަމަށްވާ އެމްއެމްއޭއަށް ގިނަ ގަވާއިދުތަކެއް އެކުލަވާލައި ހިންގުމުގެ ބާރު ލިބިގެންވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourist

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށް އަރައިފި

MMA

ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ބިލު މަޖިލީހަށް ބަލައިގެންފި

mma

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީގެ ތެރެއިން 2 ބިލިއަނެއްހާ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް ނުވަދޭ

MMA

ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް އިސްލާހެއް