ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭރު ފައިސާގެ ގާނޫނަށް ގެންނަ އިސްލާހުގެ މަސައްކަތް އާދީއްތަދުވަހުގެ ނިޔަލަށް ނިންމަން ފާސްކޮށްފި

TTH_Ads
STO_Ads
Advertisement

ބޭރުފައިސާގެ ގާނޫނަށް މުހިއްމު ބަދަލުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އާދީއްތަދުވަހުގެ ނިޔަލަށް ނިންމުމަށް ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އިއްޔެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި އިސްލާހު ދިރާސާކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ ރިޔާސަތުން ނިންމީ އިއްޔެއެވެ. ކޮމިޓީން އިއްޔެ ނިންމީ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދު ހެނދުނު 11.30 އާ ހަމައަށް ހުޅުވައިލުމާއެކު މިއަދުގެ ނިޔަލަށް ކޮމިޓީގެ މަސައްކަތް ނިންމުމަށެވެ.

މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި އެ އިސްލާހުގެ މަސައްކަތް ނިންމުމުގެ މުހުލަތު އޯގަސްޓު 18، 2026 ވަނައަށްވާ އާދީއްތަދުވަހުގެ ނިޔަލަށް ދަންމައިލުމަށް ނިންމައި، ކޮމިޓީގެ އިތުރު ބައްދަލުވުމެއް އާދީއްތަދުވަހުގެ ހެނދުނު 10:30ގައި ބޭއްވުމަށް ނިންމާފައިވެއެވެ.

HajjCop_ads
Advertisement

އެ ބިލުގައި ހިމެނޭ ބަދަލުތަކުގެ ތެރެއިން ފުރަތަމަ ބަދަލަކީ ޓޫރިޒަމް ވިޔަފާރިތަކުގެ ތެރެއިން ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާ މާރުކުރުމުގައި ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ މަގުން ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރެވޭ ގޮތަށް އޮތް އޮތުން އިސްލާހުކޮށް، ހަމައެކަނި އާމްދަނީގެ 20 އިންސައްތަ މާރުކުރުން ލާޒިމުވާ ގޮތަށް ގެންނަ އިސްލާހެވެ.

ދެވަނަ އިސްލާހެއްގެ ގޮތުގައި ބިލުގައި ހިމެނިފައިވަނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ފިޔަވައި ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މާރުކުރުން ލާޒިމުވާ ވިޔަފާރިތަކަކީ އަހަރެއްގެ މައްޗަށް 25 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭ ވިޔަފާރިތައް ކަމަށް ކަނޑައެޅުމެވެ. މިހާރު ގާނޫނު އޮންނަ ގޮތުން އަހަރެއްގެ މައްޗަށް 20 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރުން ލާޒިމުވާނެއެވެ.

އެންމެ މުހިއްމު އެއް އިސްލާހުގެ ގޮތުގައި ބިލުގައި ހިމަނާފައިވާ އިސްލާހަކީ ރާއްޖޭގައި ހިންގާ ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކެއްގައި ހުންނަ އެކައުންޓަކަށް ޖަމާކުރުން ލާޒިމުކުރުމާއެކު، އެ އާމްދަނީ ޖަމާކުރާ އެކައުންޓުގެ މައުލޫމާތު މަރުކަޒީ ބޭންކާ ހިއްސާކުރަންޖެހޭ ގޮތަށް ގެންނަ އިސްލާހެވެ.

އެ އިސްލާހުތަކަށް އަމަލުކުރުމަށް އިންތިގާލީ މުއްދަތެއް އެމްއެމްއޭއިން އެކުލަވައިލާ ގަވާއިދުގައި ކަނޑައަޅަންޖެހޭއިރު، މި އިސްލާހު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން އެކުލަވައިލާފައިވާ ގަވާއިދުތަކަށް މި އިސްލާހާ ގުޅިގެން ގެންނަންޖެހޭ އިސްލާހުތައް ގެނައުން ލާޒިމުވާނެކަށް އެ ބިލުގައި ބުނެފައިވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ބިލު މަޖިލީހަށް ބަލައިގެންފި

majilis

މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ދައުރު ދަންމައިލަނީ

788

ބޭރު ފައިސާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

B 202510210456031761047763.4803

އުޅަނދު ޓޯކުރާ މައްސަލައަށް ހައްލު ހޯދަން ކޮމިޓީއަށް