ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެމްއޭއިން 10 އިންޓާންޝިޕް ފުރުސަތު ހުޅުވާލައިފި، މަހަކު 10،000 ރުފިޔާ ލިބޭނެ

MMA
Maldivian_Ads
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން 10 އިންޓާންޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެމްއޭއިން ބުނީ އެ ޕްރޮގްރާމަކީ ދެ ހަފުތާއާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމަށް ހޮވޭ ފަރާތްތަކުގެ ތައުލީމީ ފެންވަރަށް ބަލައި މަހު އުޖޫރަ ދިނުމަށް ވަނީ ހަމަޖެހިފައިކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެގޮތުން އޯލެވެލް ނުވަތަ އޭލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް 8,000 ރުފިޔާ، ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް 9,000 ރުފިޔާ އަދި މާސްޓާޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް 10,000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއޭއިން ބުންޏެވެ.

HajjCop_ads
Advertisement

އެމްއެމްއޭއިން ބުނީ އެ އިންޓާންޝިޕްގެ ދަށުން އިކޮނޮމިކްސް، އައިޓީ، ފިންޓެކް، ބޭންކިން، ލީގަލް، މީޑިއާ، އަދި އެޗްއާރު ފަދަ ތަފާތު ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މަސައްކަތުގެ ވަގުތަކީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 3:00 ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން careers.gov.mv’ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހޭނެކަމަށް އެމްއެމްއޭއިން ބުންޏެވެ. ފޯމާއެކު ސީވީ އާއި ތައުލީމީ ސެޓްފިކެޓްތައް ހުށަހަޅަންޖެހޭއިރު، 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިވެވޭނީ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކުގައިކަމަށް އެމްއެމްއޭއިން ބުންޏެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

އެމްއެމްއޭ ރިސަރޗް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

MMA

ބޭރުފައިސާއާއި ބެހޭ އައު ޤާނޫނާއެކު އާމްދަނީ 40 އިންސައްތައަށް އަންނަ މަހު މާރުކުރަން ޖެހޭނެ

Qw

ބޭރު ފައިސާއާބެހޭ ގާނޫނަށް އައި މައިގަނޑު ބަދަލުތަކަކީ ކޮބާ؟

mma

އެމްއެމްއޭގެ އިންޓާންޝިޕަށް 400 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފި