މިދިޔަ އަހަރު ރާއްޖެއިން މަރުވި މީހުންގެ ތެރެއިން 61 އިންސައްތަ މީހުންނަކީ ފިރިހެނުންކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރު ރާއްޖޭއިން 1،399 މީހުން މަރުވެފައިވާކަމަށް ތަފާސްހިސާޝުތަކުން ދައްކައެވެ. އޭގެތެރެއިން 858 އަކީ ފިރިހެނުންނެވެ. ވުމާއެކު 61.3 ޕަސެންޓަކީ ފިރިހެނުންނެވެ. މަރުވި އަންހެނުން 38.6 ޕަސެންޓެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ މާލެ ސަރަހައްދުންނެވެ.

މީހުން މަރުވި ސަރަހއްދުތަކުގެ ތަފްސީލް

  • މާލެ ސަރަހައްދު: 830 މަރު (%59.3 )
  • އަތޮޅުތައް: 569 މަރު (%40.7)

މާލޭގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ މާލެއިން ބޭރުގައި އާންމުކޮށް ދިރިއުޅޭ، އަދި އިމަޖެންސީ ނުވަތަ އިތުރު ފަރުވާއަށް މާލެއަށް ގެނައި މީހުންކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ގިނައިން މަރުވީ ޢުމުރުން ދުވަސްވީ މީހުން

  • އުމުރުން 65 އަހަރުން މަތި: 858 މަރު (%61.3)
  • އުމުރުން 18–64 އަހަރު: 451 މަރު (%32.2)
  • ތުއްތުކުދިން (0–4 އަހަރު): 75 މަރު (%5.4)
  • ކުޑަކުދިން/ފުރާވަރު ކުދިން (5–17 އަހަރު): 14 މަރު (%1.0)

މިދިޔަ އަހަރު 1 އަހަރުން ދަށުގެ 70 ކުދިން މަރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ވިހެއުމުގެ ތެރޭގައި/ވިހެއުމާ ގުޅިގެން 5 މައިން މަރުވިއެވެ.

މާލެއަށްފަހު ދެން އެންމެ ގިނަ މީހުން މަރުވީ އައްޑޫ ސިޓީންނާއި ހދ. ކުޅުދުއްފުށިންނެވެ.

އިޝްތިހާރު އިޝްތިހާރު